އެސްޓީއޯ ސަން ބަދިގެ: ރިހާކުރު ދިޔަ

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ ރިހާކުރު ދިޔަ ތައްޔާރު ކުރާނެ ގޮތެވެ. ރިހާކުރު ދިޔައަކީ، އެކި ވައްތަރުގެ ބަތާއެކުވެސް ކެވޭ، އަދި ކައްކަން ނުޖެހި، ތައްޔާރު ކުރެވޭ އެއްޗެކެވެ.


ބޭނުންވާނެ ތަކެތި:

  • 3 ހިކިމިރުސް
  • 1 ފިޔާ
  • 2 މޭޒުމަތީ ސަމުސާ ރިހާކުރު
  • 2 ޖޯޑު ބޯކިރު
  • 1 ސައިސަމުސާ ލޮނު
  • ލުނބޯ ފަޅިއެއް

ތައްޔާރުކުރާނެ ގޮތް:

ރިހާކުރު ދިޔަ ތައްޔާރު ކުރުމަށް ޓަކައި، އެންމެ ފުރަތަމަ ހިކިމިރުސްކޮޅު ފޮޅިކޮށްލާނީއެވެ. އެއަށްފަހު ކުދިކޮށް ކޮށާލާނީއެވެ.

ފޮޅިކޮށްފައިވާ މިރުސްކޮޅުގެ ތެރެއަށް ލޮނާއި ފިޔާ އެޅުމަށްފަހު ރަނގަޅަށް މޮޑެލަންވާނެއެވެ.

އެއަށްފަހު ރިހާކުރާއި ކުޑަ ކިރުފޮދެއް އެޅުމަށްފަހު އެއްކުރާނީއެވެ. ރިހާކުރު ދިޔަ އެއްކޮށް ހެދެންދެން އެގޮތަށް ކިރު އަޅަމުން އެއްކުރަމުންދާނީއެވެ.

މިހާރު ހުންނާނީ ރިހާކުރު ދިޔަ ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޝީދާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް