އެސްޓީއޯ ސަން ބަދިގެ: ވެޖިޓަބަލް ސެލެޑް

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ ވެޖިޓަބަލް ސެލެޑް ތައްޔާރު ކުރާނެ ގޮތެވެ. ރޭގަނޑުގެ ކެއުމަށް، ސައިޑް ޑިޝްއަކަށް ސެލެޑް މީރު ނަމަ، ވެޖިޓަބަލް ސެލެޑް ހަދާލަން ވަރަށް ރަނގަޅުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ސައިސަމުސާ އަސޭމިރުސް
  • 1 ތަށި ޔޯގަޓް (ގްރީކް)
  • 8 މޭޒުމަތީ ސަމުސާ މަޔޮނައިޒް
  • 2 ކެރެޓް
  • ކެބެޖް (ކެބެޖެއްގެ ހަތަރުބައިކުޅަ އެއްބައި)
  • 2 އާފަލު (ފެހި ނުވަތަ ރަތް)
  • ރަހަލާވަރަށް ލޮނު


ތައްޔާރުކުރާނެ ގޮތް:

ވެޖިޓަބަލް ސެލެޑް ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ މަޔޮނައިޒްގެ ތެރެއަށް ޔޯގަޓް އަޅާނީއެވެ. މަޔޮނައިޒް އަޅާނީ، އެތިކޮޅެއް ބެހެއްޓުމަށްފަހުގައެވެ. އެއީ ނިންމާފައި އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ލޮނާއި އަސޭމިރުސް އަދި ކެރެޓްކޮޅު އަޅައި އެއްކޮށްލާނީއެވެ.

އެއަށްފަހު ކެބެޖްކޮޅު އަޅައި އެއްކޮށްލާނީއެވެ. އެންމެ ފަހުން އަޅާނީ އާފަލެވެ. އާފަލު އަޅައި އެއްކޮށްލުމަށްފަހު، ބާކީ ހުރި މަޔޮނައިޒްކޮޅު އަޅައި، ރަނގަޅަށް އެއްކޮށްލާނިއެވެ.

މިހާރު ހުންނާނީ ވެޖިޓަބަލް ސެލެޑް ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: އައިމިނަތު ނަޒުލާ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް