ދުޅަހެޔޮ ސިއްޙަތަކަށް ކޮންމެ ދުވަހަކު އަލްމަންޑް ކެއުން މުހިންމު!

މަދުގެ ބާވަތްތަކުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި ބާވަތްތަކުގެ ތެރޭގައި އަލްމަންޑް ހިމެނެއެވެ. އެގޮތުން ގިނަ އަދަދެއްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ދުވާލަކުު އެއް ފަހަރު އަލްމަންޑް ކެއުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި އިންސާނާގެ ހަށިގަނޑު ދަމަހައްޓައިދޭނެ ކަމެކެވެ.

އާންމު ގޮތެއްގައި އަލްމަންޑް ކައި އުޅެނީ ހުހަށެވެ. ނަމަވެސް ހެނދުނުގެ ނާސްތާގެ ގޮތުގައި ޔޯގަޓާއި ކިރާ އެކުވެސް އަލްމަންޑް ބޭނުންކުރެވިދާނެއެވެ.

ބަރުދަން ލުއިކުރުމަށާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ދުވާލަކު އެއްފަހަރު އަލްމަންޑް ކެއުމަކީ މުހިންމު ކަމެކެވެ. އެގޮތުން ނާސްތާގައި އަލްމަންޑް ބޭނުންކުރުމުގެ ސަބަބުން ބަނޑުހައި ހޫނުކަން ކުޑަކޮށްދީ، ކާއެއްޗެހި ކެއުން މަދުކޮށްދެއެވެ.

އަލްމަންޑަކީ ސިއްޙަތަށް އެންމެ ފައިދާހުރި ނަޓްގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ގަބޫލު ކުރެއެވެ. ސަބަބަކީ އޭގައި މޮނޮއަންސެޗުރޭޓެޑް ފެޓީ އެސިޑް، ޑައެޓްރީ ފައިބަރު، ވިޓަމިން އީ، ރައިބޯފްލެވިން، މެގްނީޒިއަމް، ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، ސެލެނިއަމް ފަދަ ސިއްޙަތަށް ފައިދާހުރި މައުދަންތައް އެކުލެވިގެންވާތީއެެވެ.

ރައިބޯފްލެވިން އާއި އެލް-ކާނިޓައިން އަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ދެ ނިއުޓިރިއަންޓެވެ. ދެހާސް ދިހަ ވަނަ އަހަރު އިންޑިއަން ޖާނަލް އޮފް ފާމަކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 150 މިލިގްރާމްގެ އަލްމަންޑް ދެ ހަފްތާ ވަންދެން ބޭނުންކުރުމަކީ ވިސްނުންތޫނުވެ، ސިކުނޑީގެ މަސައްކަތްތައް އިތުރުކޮށްދޭކަމެކެވެ.

މީގެ އިތުރުން، ގަވައިދުން އަލްމަންޑް ބޭނުންކުރުމަކީ އަލްޒައިމާ ނުވަތަ ހަނދާންނެތުމުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

އޮމާން ރީތި ހަންގަޑެއް ބޭނުންނަމަ އަލްމަންޑް ވަރެއް ނެތެވެ. ސަބަބަކީ އަލްމަންޑްގައި އެކުލެވިގެންވާ ވިޓަމިން އީ އިން، ސެލްތަކުގައި ހުންނަ މޮލިކިއުލްތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ، ހަންގަނޑު ޒުވާކަންމަތީ ދަމަހައްޓައިދެއެވެ.

އެހެންކަމުން ކޮންމެދުވަހަކު އަލްމަންޑް ކެއުމަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު