އެސްޓީއޯ ސަން ބަދިގެ: ޕައިނެޕަލް ކޯލްސްލޯ

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ ޕައިނެޕަލް ކޯލްސްލޯ ތައްޔާރު ކުރާނެ ގޮތެވެ. ރޭގަނޑުގެ ކެއުމަށް، ސައިޑް ޑިޝް އަކަށް ސަޓަނި މީރު ނަމަ، ޕައިނެޕަލް ކޯލްސްލޯ ހަދާލަން ވަރަށް ރަނގަޅުވާނެއެވެ.


ބޭނުންވާނެ ތަކެތި:

  • 1 ޖޯޑު ހުދު ކެބެޖް
  • 1 ޖޯޑު ދަނބު ކެބެޖް
  • 1 ޖޯޑު ކެރެޓް
  • 1 ޖޯޑު އަލަނާސި (ކިއުބްކޮށް ކޮށާފައި)
  • 1 ޖޯޑު އަލަނާސި ޖޫސް (ރޯ އަލަނާސި މިކްސްޗަރަށް އަޅާފައި)
  • 1 ސައިސަމުސާ ހަކުރު
  • 1 ސައިސަމުސާ އަސޭމިރުސް
  • ބައި ޖޯޑު މަޔޮނައިޒް

ތައްޔާރުކުރާނެ ގޮތް:

ޕައިނެޕަލް ކޯލްސްލޯ ތައްޔާރު ކުރުމަށްޓަކައި، އެންމެ ފުރަތަމަ ދެ ވައްތަރުގެ ކެބެޖާއި ކެރެޓް އަދި އަލަނާސިކޮޅު އެއްކޮށްލާނީއެވެ.

އެއަށްފަހު އަސޭމިރުސްކޮޅު އަޅައި އެއްކޮށްލާނީއެވެ.

ދެން ލޮނާއި އަސޭމިރުސް އަދި އަލަނާސި ޖޫސް އަޅައި އެއްކޮށްލާ ނިމުމުން މަޔޮނައިޒް އަޅާނީއެވެ. މަޔޮނައިޒް ކޮޅު ރަނގަޅަށް އެއްވުމުން ހުންނާނީ ޕައިނެޕަލް ކޯލްސްލޯ ތައްޔާރުކޮށް ނިމިފައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: ނާދިޔާ އަބްދުއްރަހްމާން

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް