ބާރަށު ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމުމަކާ ގާތަށް

ބާރަށު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/އެމްޓީޓީސީ

ހއ. ބާރަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ ރަށުގައި ކުރިއަށް ގެންދަނީ ނެރު އަދި ބަނދަރު ސަރަހައްދު ފުންކުރުމުގެ މަޝްރޫއު ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ކުރިން ފުންކޮށްފައިވާ ހާބާ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަސައްކަަތުގެ 63 ޕަސެންޓް މިހާރު ނިމިފައިވާކަން އެމްޓީސީސީން ފާހަގަކުރިއެވެ.

މި މަޝްރޫއުގެ ދަށުން، 28،101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއަކީ 12.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް