އެސްޓީއޯ ސަން ބަދިގެ: ގެރިކިރު ފޮޅި

ސަން ބަދިގެ ޕްރޮގްރާމްގައި މިއަދު މި ގެނެސްދެނީ ގެރިކިރު ފޮޅި ތައްޔާރު ކުރާނެ ގޮތެވެ. އަވަހަށް ތައްޔާރު ކޮށްލެވޭ ފޮނި ކާތަކެއްޗަށް ލޯބިކުރާ މީހުންނަށް ކެރިކިރު ފޮޅި ވަރަށް ކަމުދާނެއެވެ.


ބޭނުންވާނެ ތަކެތި:

  • 3 ބިސް
  • ބައި ދަޅު ގެރިކިރު
  • ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްކޮޅު ރަނގަޅަށް ގިރާލާނީއެވެ. އޭގެ ފަހުން، ބިހުގެ ތެރެއަށް ގެރިކިރު އަޅާނީއެވެ.

ގެރިކިރު އަޅައި ރަނގަޅަށް ގިރާލައި އެއްކޮށްލުމަށްފަހު ތަވާ މަތީގައި ތެޔޮ ފޮދެއް ހާކާލާނީއެވެ.

އަދި ތަވާ މަތީގައި ތުނިކޮށް ފޮޅި ފިހާނީއެވެ. ތަވާގައި ޖާގަ ހުރި ވަރަކުން އެއްފަހަރާ ދެތިން ފޮޅިވެސް ފިހެވިދާނެއެވެ.

މިހާރު ހުންނާނީ ގެރިކިރު ފޮޅި ފިހެ ނިމިފައެވެ.

ބައެއް މީހުން ގެރިކިރު ފޮޅި ފިހުމަށްޓަކައި އެސެންސް ކޮޅަކާއި ފުށްކޮޅެއް ވެސް އަޅައެވެ.

ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ

ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު

ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް

ރެސިޕީ ތައްޔާރުކުރީ: މަރިޔަމް އަލީ

'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.

comment ކޮމެންޓް