ސްމާޓް ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރަނީ

މޮރިޝަސްއަށް ދިޔަ ގައުމީ ސްކޮޑު -- ސަން ފައިލް ފޮޓޯ

ސްމާޓް އޭޝިއާ ބެޑްމިންޓަން ޗެލްޕިއަންޝިޕް 2022 ގައި ރާއްޖެއިން ވާދަ ކުރަން ނިންމައިފިއެވެ.

މި މިބާރާތުގައި ރާއްޖެއިން ވާދަ ކުރާނި ޒަޔާން ޒަކީ، ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާއެވެ.

މި މުބާރަތް ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ފިލިޕީންސްގައެވެ.

މި މުބާރާތަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގްރޭޑް ޓޫ މުބާރާތެކެވެ. މުބާރާތުގައި ޖާގަ ދީފައިވަނީ ކޮންމެ އިވެންޓެއްގެ މެއިން ޑްރޯގައި ހިމެނެނީ 28 ކުޅުންތެރިން ނުވަތަ ޕެއާ ހިމެނޭ ގޮތަށެވެ.

ކޮލިފައިން ބުރުގައި 12 ކުޅުންތެރިން ވާދަ ކުރާއިރު، އޭގެ ތެރެއިން މެއިން ޑްރޯ އަށް އާދެވޭނީ ހަތަރު ކުޅުންތެރިންޔަކަށެވެ.

މި މުބާރާތުގައ ޒަޔާން ވާދަ ކުރާނީ ފިރިހެން ސިންގަލްސްގެ ކޮލިފައިންގައެވެ. ނަބާހާ ވާދަ ކުރާނީ އަންހެން ސިންގަލްސްގެ ކޮލިފައިންގައެވެ.

މެއިން ޑްރޯގައި ރާއްޖެއިން ވާދަ ކުރާނީ މިކްސް ޑަބަލްސް އަދި އަންހެން ޑަބަލްސްގައެވެ. އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާ ކުޅޭނީ ދެކުނު ކޮރެއާގެ ލީ ސޮހީ އާއި ޝިން ސުއެންޝަންގެ ޕެއާއާއެވެ. މިކްސް ޑަބަލްސް ބައިގައި ޒަޔާން އާއި ނަބާހާ ކުޅޭނީ ޖަޕާނުގެ ހިރޯކީ މިޑޮރިކާވާ އާއި ނަޓްސޫ ސައިޓޯގެ ޕެއާއާއެވެ.

comment ކޮމެންޓް