ބަންގްލަދޭޝް ވޭޓަރު މަރާލި ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ބަންގްލަދޭޝް މަރާލުމާ ގުޅިގެން ހައްޔަރުކުރި އަބީދް--

މިއަދު ހަވީރު ހުޅުމާލޭގެ ޙާންޖީ ކެފޭ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނުގެ މީހާ ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރުގެ މުހައްމަދު އަބީދު ނަމަކަށްކިޔާ ޕާކިސްތާނުގެ ފިރިހެނެކެވެ.

މިއަދު އިރުއޮއްސެން ގާތްވެފައި ވަނިކޮށް، ޚާންޖީ ކެފޭތެރޭގައި މަރާލި ބަންގްލަދޭޝް މީހާއަކީ އެތަނުގައި އުޅޭ ވޭޓަރެކެވެ. އަދި އޭނާ މަރާލިކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާއަކީ އެތަނުގެ ކައްކާއެވެ.

އަބީދު ހޯދަން ފުލުހުން މިއަދު އާއްމުންގެ އެހީއަށް ވެސް އެދުނެވެ. އަދި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއް ކަމަށާއި އޭނާ ފެނުނަސް އޭނާއާ ކުރިމަތިނުލުމަށް ފުލުުހުން އޭރު އިލްތިމާސްކުރިއެވެ.

އެނގިފައިވާ ގޮތުގައި އަބީދަކީ ކުރިން ވެސް ވަރަށް ރުޅިގަދަ މީހެކެވެ. އެ ތަނުގައި ޒުވާބުކޮށް، މީގެ ކުރިން ވެސް މާރާމާރީ ހިންގައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ކެއުންތަކަށް ހާއްސަ، ޚާންޖީ ކެފޭގައި ހިނގައިދިޔަ މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް