ސޮނީ ސްޕޯޓްސް ފެޝަންއަށް އައު ނަމެއް ހޯދައިދީގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ދިވެހިންގެ ތެރޭގައި މަގުބޫލު އެތައް ބްރޭންޑެއްގެ އަންނައުނު ލިބެން ހުންނަ ސޮނީ ސްޕޯޓްސް ފެޝަން ފިހާރައަށް ކިޔާނެ އައު ނަމެއް ހޯދައިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އެ ފިހާރައިގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ. އެގޮތުން، އެ ޕޭޖަށް ފޮލޯ ކުރުމަށް ފަހު، އެކަމަށް ހާއްސަ ޕޯސްޓަށް ފިހާރައަށް ކިޔާ ނަމަކާއެކު، ތިން އެކުވެރިޔަކު ޓެގު ކުރުމަށް ފަހު ކޮމެންޓުކޮށް، ޕޯސްޓު ޝެއާ ކުރުމުން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. މި ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕޯސްޓަށް ހުށަހަޅާ ނަންތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ނަމެއް ހޮވުމަށްފަހު، ސޮނީ ސްޕޯޓްސްއިން ފޭސްބުކަށް ޕޯސްޓު ކުރާނެއެވެ. އަދި، އަންނަ މަހުގެ ދެ ވަނަ ދުވަހު އެއް ނަން ހޮވާނެއެވެ.

މި މުބާރާތަށް ދެ މީހަކު އެއް ނަމެއް ހުށަހަޅައިފި ނަމަ، އިސްކަންދޭނީ ފުރަތަމަ އެ ނަން ހުށަހެޅި މީހަކަށެވެ.

ސޮނީ ސްޕޯޓްސް ފެޝަންއަކީ ކުއިކް ސިލްވާ، ރޮކްސީ، ރިޕްކާލް އަދި ބިލަބޮންގް ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް އުފެއްދުންތައް ލިބެން ހުންނަ ފިހާރައެކެވެ.

comment ކޮމެންޓް