ޑޮލަރު ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މީހަކު ހޯދުމަށް އާއްމުންގެ އެހީއަށް އެދިއްޖެ

މަކަރާއި ހީތަލަތުން މީހެއް އަތުން ފައިސާ ނެގި މައްސަލައިގައި ފުލުހުން ހޮދަމުން އަންނަ ނ. މިލަދޫ ކަންމަތީގޭ ޢަލީ ޞަބާޙް، 31 -- ފޮޓޯ/ ޕޮލިސް

ޔޫއެސް ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފިލައިގެން އުޅޭ މީހަކު ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މި މައްސަލައިގައި ތުހުމަތު ކުރެވޭތީ ހޯދަން ބޭނުން ވަނީ ނ. މިލަދޫ ކަންމަތީގޭ ޢަލީ ޞަބާޙް، 31، ކަމަށެވެ.

ފުލުހުން ބުނީ ޢަލީ ޞަބާޙަކީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވުމުގެ އިތުރުން އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުޤީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުޤީގަށް އޭނާ ހާޒިރުވުމަށް އަންގައި އިޢުލާނު ކޮށްފައެވެ.

comment ކޮމެންޓް