ދިރާގުން މި ރަމަޟާން މަހު ހަތިމެއްކުރުމަށް އިތުރު ހިތްވަރެއް

ބަރަކާތްތެެރިވެގެންވާ ރަމަޟާން މަސް އަހަރެމެންނަށް ހާއްސަވާ އެއް ސަބަބަކީ އެ މަހަކީ އެ މަހެއްގައި ގުރުއާން ބާވައިލެއްވުނު މައްސަރު ކަމަށް ވާތީއެވެ. އެހެންކަމުން، ގިނަ ބަޔަކު މި މަހުގެ ތެރޭ ގުރުއާން ކިޔެވުން އިތުރުކުރެއެވެ.

ރޯދަމަހުގެ ތެރޭ ގުރުއާން އެއްކޮށް ކިޔަވާ ހަތިމުކުރުމަކީ ގިނަ ބަޔަކު އަމާޒުހިފާ ކަމެކެވެ. އެ އަމާޒު ހާސިލު ކުރުމަށް އެންމެ ފަސޭހަ އެއް މަގަކީ މަހުގެ ދުވަސްތަކަށް އެއްވަރަކަަށް ބަހާލައިގެން ކިޔެވުން ކުރިއަށް ގެންދިޔުމެވެ.

ކީރިތި ގުރުއާނުގައި ހިމެނޭ 600އެއްހާ ޞަފުހާ ތިރީސް ދުވަހަށް ބަހާލުމުން ދުވާލަކަށް ޖެހެނީ 20 ޞަފުހާއެވެ. ދުވާލެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަސް ނަމާދަށް އެ 20 ޞަފުހާ ބަހާލުމުން ކޮންމެ ނަމާދު ވަގުތެއްގައި ކިޔަން ޖެހެނީ ހަތަރު ޞަފުހާއެވެ.

މި އަމާޒަށް ވާސިލުވުމަށް މި ރޯދަމަހުގެ ތެރޭ ދިރާގުން އަންނަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް އެހީތެރި ވަމުންނެވެ. އެގޮތުން، އެ ކުންފުނިން ކޮންމެ ދުވަހަކު ހިއްސާކުރާ ވީޑިއޯއެއްގައި ވާ މިންވަރަށް ކިޔަވަމުން ދިޔުމުން ރޯދަމަސް ނިމޭއިރު ފަސޭހަކަމާއެކު ހަތިމެއް ކޮށްލެވޭނެއެވެ.

ދިވެހިރާއްޖޭގައި ޓެލެކޮމްގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏަށް ވުމުގެ އިތުރުން ދިރާގަކީ މިފަދަ އިޖްތިމާއީ، އަދި އާންމު ރައްޔިތުންނާ ގުޅޭ ގިނަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އިސްނަގާ ކުންފުންޏެއް ކަން ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް