ސޮނީ ހޯމްގެ ފަރާތުން ރޯދައަށް ޚާއްސަ ސޭލެއް

ސޮނީ ހޯމްއިން ރޯދަމަހަށް ޚާއްސަކޮށް 75 ޕަސަންޓުގެ ޑިސްކައުންޓަކާއެކު ޚާއްސަ ސޭލެއް ކުރިއަށް އެބަދެއެވެ.

މޭ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ސޭލް ކުރިއަށްދާއިރު، ގޭތެރެއަށް ބޭނުނުންވާ އެކިއެކި ސާމާނު ހެޔޮ އަގުގައި ސޮނީ ހޯމްއިން ލިބޭނެއެެވެ.

އެގޮތުން ސޮނީ ހޯމްއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ބަދިގެއަށް ބޭނުންވާ ތެލި، ތަށި، ކަޓްލަރީޒް އަދި މިކްސަރާއި ރައިސް ކުކަރާއި ފުޑް ޕްރޮސެސަރު ފަދަ ހޯމް އެޕްލަޔަންސް ހިމެނެއެވެ. އަދި ދޮންނަ މެޝިނާއި ފްރިޖާއި، ލޯންޑްރީއަށް ބޭނުންކުރާ ވަށިގަނޑު ފަދަ ތަކެތިވެސް ހުރެއެވެ.

ބްރޭންޑުތަކުގެ ތެރޭގައި ފްރާންސްގެ ޓެފަލްއާއި މޮލިނެކްސް، ނެދަލެންޑްސްގެ ބްރަބަންޓިއާ އަދި އެމެރިކާގެ ޗިކާގޯ ކަޓްލަރީ ފަދަ ނަންތައް ހިމެނެއެވެ.

މީގެ އިތުރުން ސިންގަލް-ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ރީޔޫޒަބަލް ބިއްލޫރި ފުޅި ފަދަ ތަކެތިވެސް ސޮނީ ހޯމްގައި ހުރެއެވެ.

ސޮނީ ހޯމްއަކީ ބޭރުގެ ނަން މަޝްހޫރު ބްރޭންޑަތަކުގެ ސާމާނު ރާއްޖޭގައި ވިއްކާ ރީޓެއިލާ އެންޑް އޮތޮރައިޒްޑް ސޭލްސް އެޖެންޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް