އެފްއެޗްޓީއެސް ބަލިކޮށް ފެސްޓު ސެމީއާ ގާތަށް ޖެހިލައިފި

ފެސްޓުގެ ކުޅުންތެރިން --- އެމްއެންޔޫއެސްޔޫ މީޑިއާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)އިން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ބަލިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި އެފްއެޗްއެސް އާއި އެފްއީ ބައްދަލުކުރި ފިރިހެންޑިވިޝަންގެ އެ މެޗު ނިމުނީ ސީދާ ދެ ސެޓުން ފެސްޓު މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު ފެސްޓުން ކާމިޔާބުކުރީ 25-12އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-19 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެސްޓުގެ ޖާޒީ ނަންބަރު 14، މުޙައްމަދު އާދަމްއެވެ.

އެފްއެޗްޓީއެސް އެންމެ ފަހުން ކުޅުނު މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. މުބާރާތް ހުޅުވި މެޗުގައި އެފްއެޗްޓީއެސް ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އަދި ފެސްޓު، ސެންޓާ ފޯ މެރިޓައިމް ސްޓަޑީޒް ވަނީ ދެ ސެޓުން ބަލިކޮށްފައެވެ

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް