ޙަލާލް ރޭޓިންގެ ދަށުން ގިންތިކުރެވުނު ފުރަތަމަ ހޮޓަލަކަށް ޖެން

ހޮޓެލް ޖެންގެ ރޭޓިން ހަވާލުކުރުމުގެ ތެރެއިން ---

މޯލްޑިވްސް ހަލާލް ޓްރެވަލް އިން އެކުލަވާލާ މުސްލިމް ފްރެންޑްލީ ހަލާލް ޓްރެވަލް ރޭޓިންގައި ގިންތިކުރެވުނު ފުރަތަމަ ހޮޓަލަކަށް ހޮޓެލް ޖެން ވެއްޖެއެވެ.

މިއަދު، ހޮޓެލް ޖެންގެ ރޭޓިން އެ ހޮޓަލާ ހަވާލުކޮށްދެއްވީ މޯލްޑިވްސް ހަލާލް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ސަނީ ޢުމަރެވެ. އަދި ހޮޓަލުގެ ފަރާތުން ރޭޓިންއާ ހަވާލުވެެލެއްވީ ޖެނެރަލް މެނޭޖަރު، ބްރައިސް ލޫނޯޓެވެ.

އެ ރޭޓިންގެ މިންގަނޑުން ހޮޓެލް ޖެން އަށް ފަސް ތަރި ވަނީ ލިބިފައެވެ. މި ރޭޓިންގައި ހޮޓާތަކާއި ރިސޯޓުތައް ގިންތިކުރުމުގައި އަށް މިންގަނޑަކަށް ބަލައެވެ. އެއީ:

  • ހަލާލު ކެއުން ލިބެން ހުރުން
  • ދެ ޖިންސު މަސްހުނި ނުވެ މުނިފޫހި ފިލުވޭނެ ގޮތް ހުރުން
  • ހެދުން އެޅުމުގެ އުސޫލު
  • މުސްލިމުންނާ އެކަށޭނަހެން ޚިދުމަތްތައް ހުރުން
  • ޒާތީ މިނިވަންކަމުގެ މިންވަރު
  • ރޯދަމަހު، ހަލާލު ނޫން ކަންކަން ހިނގާ މިންވަރު
  • ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެހުން
  • ފައިސާގެ މުއާމަލާތްތައް

ހޮޓެލް ޖެންގެ ރޭޓިން ހަވާލުކުރުމުގެ ތެރެއިން ---

މި ރޭޓިން އެކުލަވާލުމަށް ޓަކައި މޯލްޑިވްސް ހަލާލް ޓްރެވަލްސް ގެ ފަރާތުން ގިންތި ކުރެވޭތަނުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދެއެވެ. އޭގެ ދަށުން ހޮޓާތަކާއި، ރިސޯޓުތަކުގެ އިތުރުން، ގެސްޓްހައުސްތަކާއި ސަފާރީތައް ވެސް ގިންތިކުރެވެއެވެ.

ހޮޓެލް ޖެންއަކީ މަޝްހޫރު ބައިނަލްއަގުވާމީ ކުންފުންޏެއް ކަމުގައިވާ ޝަންގްރިއްލާގެ ދަށުން ހިންގާ ހޮޓަލެކެވެ.

comment ކޮމެންޓް