195 މިލިއަން އަހަރުވީ މާބްލްއެއްގައި ބިސްމި

މާބްލްގައި بِسْمِ اللهِ

ސަތޭކަ ނުވަދިހަ ފަސް މިލިއަން އަހަރުވީ މާބްލްއެއްގައި ބިސްމި ލިޔެފައިވަނިކޮށް ފެނިއްޖެއެވެ.

ތުރުކީގެ އަންތަލްޔާ ޕްރޮވިންސުން ފެނުނު މާބްލް ސްލެބެއްގައި ވަނީ "بِسْمِ اللهِ" މިފަދައިންނެވެ.

އަންތަލްޔާގެ މާބްލް އިންޑަސްޓްރީ ސަރަހައްދުން ފެނުނު މި މާބްލްގައި بِسْمِ اللهِ ލިޔެވިފައިވަނީ ގުދުރަތީގޮތުންކަމަށް ތުރުކީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަކްޑެނީޒް ޔުނިވަރސިޓީ ފެކަލްޓީ އޮފް ތިއޮލޮޖީގެ ޑީން އަހްމެޓް ވިދާޅުވި ގޮތުގައި އެ މާބްލް އިން ފެނިފައިވާ އަރަބި އަކުރުތަކަކީ ކީރިތި ޤުރުއާނުގައިވެސް ހިމެނޭ بِسْمِ اللهِ ގެ އަކުރުތައް ކަމަށެވެ.

މި ޑިސްކަވަރީގެ ތެރެއިން މީގެ 195 މިލިއަން އަހަރުކުރިން ދުނިޔޭގައި ޑައިނަސޯ އުޅުނު ދުވަސްވަރުގައި ކަނޑުގައި އުޅުނު ބަޔޯކްލާސްޓިކް ފޮސިލްތައްވެސް ވަނީ ފެނިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް