ރޯދަމަހަށް ހާއްސަކޮށް ޝަލަބީއާއެކު "ސަން"އިން ޕްރޮގްރާމެއް ގެނެސްދެނީ

"އެކިރާގު" ޕްރޮގްރާމުގެ އެގްރީމަންޓުގައި މިއަސުދު ވަނީ ސޮއިކޮށްފަ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް

މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއާއި "ސަން މީިޑިއާ ގުރޫޕް"އާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ގެނެސްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޝަލަބީ ޕްރޮޑިއުސްކުރާ މި ޕްރޮގްރާމުގެ ނަމަކީ "އެކިރާގު"އެވެ. އަދި މި ޕްރޮގްރާމުގައި ރާއްޖޭގެ މަގުބޫލު އެތައް ލަވަކިޔުންތެރިންނެއްގެ ހުނަރު ފެންނާނެއެވެ.

މި ޕްރޮގްރާމާ ގުޅިގެން ޝަލަބީ "ސަން"އަށް ބުނީ ލަވަކިޔުންތެރިންގެ ހައްގުގައި "ސަން"އިން ކޮށްދޭ މަސައްކަތަކީ ވަރަށް އުފަލާއެކު ބަަލައިގަންނަ މަސައްކަތެއް ކަމަށެވެ. އަދި ދާއިރާގެ އެހެން ފަންނާނުން ވެސް އެ މަސައްކަތް ބަލައިގަންނަ ކަމުގައި އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ހުނަރު ދައްކާލަން މާ ގިނަ ދިވެހި ޕްލެޓްފޯމުތަކެއް ނެތް. އެކަމަކު ސަންއިން އަޅުގަނޑުމެންނަށް މިފަދަ ދަނޑިވަޅެއްގައި ތިޔަ ދެއްވާ އެހީތެރިކަން އަޅުގަނޑުމެން އިހްތިރާމާއެކު ބަލައިގަންނަން،" ޝަލަބީ ބުންޏެވެ.

"ސަން"އާއެކު ޝަަލަބީ ގެނެސްދޭ ޕްރޮގްރާމުގެ ނަމަކީ "އެކިރާގު" --

ޝަލަބީ ބުނި ގޮތުގައި މި ޕްރޮގްރާމުގެ މަގުސަދަކީ އޭނާ ކަހަލަ އާޓިސްޓުންނަށް ބެލުންތެރިންނާ ހިސާބަށް ފޯރުނުކޮށްދެވި ހުރި ކޮންމެވެސް ރީތި ލަވައެއް ގެނެސްދިނުމެވެ.

މި ޕްރޮގްރާމު ގެނެސްދޭނީ ރަމަޟާން މަހުގެ ކޮންމެ ހަފްތާއެއްގައި "ސަން"ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނެވެ.

މި ޕްރޮގްރާމު ސްޕޮންސާކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. ސްޕޮންސާކުރައްވަން ބޭނުންވާ ފަރާތްތަކުން 7970076އަށް ގުޅުމަށް "ސަން"އިން އެދެއެވެ.

މި އަހަރުގެ ރޯދަމަހަށް "ސަން"އިން ތަފާތު އެކިކަހަލަ އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް