ހަނގުރާމައިގެ ބިރާއެކު އެމެރިކާއިން ޕޮލެންޑަށް 3000 ސިފައިން ފޮނުވައިފި

އެމެރިކާގެ އެޔާ ފޯސްގެ ފައިޓާ ޖެޓުތަކެއް -- ފޮޓޯ: ރޮއިޓާސް

ރަޝިއާއާއި ޔޫކްރޭން ހަނގުރާމައަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން ޕޮލެންޑަށް 3000 ސިފައިން ފޮނުވަައިފި އެވެ.

ޕޮލެންޑަކީ ނޭޓޯގެ ގައުމެކެވެ. އެމެރިކާ ސިފައިން ޕޮލެންޑަށް ފޮނުވާފައިވަނީ ނޭޓޯ ގައުމުތަކަށް ރީއެޝުއަރެންސެއް ދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ، މި މަހު ޗައިނާގައި ކުރިއަށް ގެންދާ ވިންޓާ އޮލިމްޕިކްސް ނިމުމުގެ ރަޝިއާއިން ޔޫކްރޭން ހިސޯރުކޮށްފާނެ ކަމަށެވެ.

ރަޝިއާއިން ވަނީ ޔޫކްރޭން ކައިރީގައި އެ ގައުމުގެ ސިފައިންގެ ފައުޖެއް ޑިޕްލޯއި ކޮށްފައެވެ.

އެމެރިކާއިން ޕޮލެންޑަށް ފޮނުވާ ސިފައިންގެ ފައުޖު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޕޮލެންޑަށް ފޮނުވާނެކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ރަޝިއާއިން ޔޫކްރޭން ހިސޯރުކޮށްފާނެކަމަށް އެމެރިކާއިން ބުނަމުން އަންނައިރު، ރަޝިއާއިން ވަނީ މީގެ ކުރިންވެސް ޔޫކްރޭނުގެ ކްރައިމިއާ ހިސޯރުކޮށްފައެވެ.

ރަޝިއާއިން ޔޫކްރޭން ހިސޯރުކުރުމުގެ ވާހަކަތައް ދެކެވެން ފެށީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދެކެވެން ފަށާފައި ވަނިކޮށެވެ.

comment ކޮމެންޓް