ހަތަރު ދުވަސް ފަހުން ޔަމަނަށް އިންޓަނެޓުގެ ޚިދުމަތް އަނބުރާ ލިބިއްޖެ

ޔަމަނުގެ ހުދައިދާ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައި---

ހަތަރު ދުވަސް ފަހުން ޔަމަނަށް އިންޓަނެޓުގެ ޚިދުމަތް އަނބުރާ ލިބިއްޖެއެވެ.

ސައުދީ ކޯލިޝަނުން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަނުން އިންޓަނެޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ޔަމަނުގެ ހުދައިދާގެ ޓެލެކޮމް ފެސިލިޓީއަކަށް ސައުދީން ދިން ހަމަލާގެ ސަބަބުން ތިން ކުޑަކުދިން މަރުވެ، މުޅި ޔަމަނުން އިންޓަނެޓުގެ ޚިދުމަތް މެދުކެނޑުނެވެ.

ޔަމަނުގެ ޖަލަކަށްވެސް ސައުދީން ހަމަލާދިންކަމަށް ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް ސައުދީ ކޯލިޝަނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ޖަލަށް ދިން ހަމަލާގައި 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޔަމަނުން އިންޓަނެޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ވަނީ ޔަމަނާ އެއްވެސް ކޮންޓެކްޓެއް ނުހެދުމުގެ ސަބަބުން ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހުނުކަމަށް ބުނެފައެވެ.

ސައުދީ ކޯލިޝަނުން ޔަމަނަށް ހަމަލާދެމުން ގެންދާއިރު، އދ.އިން ވަނީ މިކަން ހުއްޓުވަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުނުވާކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް