ކޮވިޑް ޖެހިގެން މިއަދު ހަތަރުވަނަ މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު 1:47ގައި ލާމު މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް މީހަކު މަރުވެފައިވާ ކަމަށެވެ.
ކޮވިޑް ޖެހިގެން އިތުރު ތިން މީހަކު މިއަދު މަރުވެފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް 63 އަހަރުގެ އަންހެނަކު ވަނީ މަރުވެފައެވެ. އަދި ލާމު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އޮތް 79 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އޮތް 76 އަހަރުގެ މީހަކު ވެސް މިއަދު ވަނީ މަރުވެފައެވެ.
އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 269އަށް އަރައިފައެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7171 ސާމްޕަލްގެ ތެރެއިން 2137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1219 މީހުންނަކީ މާލޭން ޕޮޒިޓިވްވީ މީހުންނެވެ.