ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް

އެފްއޭއެމްގެ ރައީސް ބައްސާމް ގައުމީ އަންހެން ޓީމަށް ހަމަޖެއްސި ކޯޗް ބާބާ އާއި އެކު-- ފޮޓޯ/ އެފްއޭއެމް

ސާބިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑޭވޯ ބާބާ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗެއްކަމަށް ބާބާ ހަމަޖައްސައިފައިވާކަމަށް އިއުލާންކޮށްފައެވެ.

ބާބާ އަންހެން ޓީމުގެ ކޯޗުކަމަށް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ބާބާ އަކީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށްފައިވާ އެޝިއާގެ ފުޓުބޯޅައިގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. ބާބާ ވަނީ މީގެ ކުރިން މޮންގޯލިއާގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ބަންގްލަދޭޝް ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މިއަދު އަންހެން ގައުމީ ޓީމާއި ގުޅުނު ބިދޭސީ ކޯޗަކީ ގައުމީ އަންހެން ޓީމަށް އިރުޝަދުދިނުމަށް ގެނައި ދެވަނަ ކޯޗެވެ. މީގެ ކުރިން ވަނީ ޖަޕާން އަންހެން ކޯޗެއް ވެސް ގައުމީ ޓީމަށް ގެނެސްފައެވެ. މި ކޯޗު ގެނައީ ޖާޕާންގެ އެހީތެރިކަމާއެކުގައެވެ.

ރާޢްޖޭގެ އަންހެން ފުޓުބޯޅަ ޓީމު އެންމެ ފަހުން ކުޅުނު މުބާރާތް ކަމުގައިވާ އޭޝިއަން ކަޕްގެ ކޮލިފައިންނަށް ރާއްޖޭގެ ޓީމް ތައްޔާރު ކުރުވައި ޓީމަށް އިރުޝާދުދިނުމަށް ވަގުތީ ކޯޗެއްގެ ގޮތުން މަސައްކަތް ކުރެއްވީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) އެވެ.

comment ކޮމެންޓް