ހަނިމާދޫ އެއާޕޯޓުގައި އޮތް މަތިންދާބޯޓެއްގައި ރޯވެއްޖެ

ހަނިމާދޫގައި މިރޭ ރޯވި މަތިންދާބޯޓު ޕާކުކޮށްފައި --- ފޮޓޯ/ ހަނިމާދޫ ކައުންސިލް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް މަތިންދާބޯޓެއް ފުރަން އުޅުމުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިރޭ 20:05 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ މޯލްޑިވިއަންގެ ފްލައިޓުގެ ކޮކްޕިޓުގައި ކަމަށާއި މި ވަގުތު އަލިފާން ނިވާލެވިފައިވާކަމަށެވެ.

"ހުރިހާ ފަސިންޖަރުން ވެސް ވަނީ ސަލާމަތުން ބޯޓުން ބޭލިފަ. މިހާރު ބޯޓު ޓޯކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" އެމްއެންޑީއެފުން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓުގެ އޮފިޝަލަކާ ހަވާލާދީ ފުލުހުން ބުނީ އެ ބޯޓުގެ ވިންޑްސްކްރީނުގައި ރެނދުލާފައި ވާކަމަށެވެ.

އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އެ ބޯޑުގައި ދިވެހިންނާއި ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ތިއްބެވެ.

comment ކޮމެންޓް