މިއަދުވެސް ކޭސްތައް އުޅެނީ 200 އިން މަތީގައި

މާލޭގެ މަޖީދީމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ނެގި 4801 ސާމްޕަލްގެ ތެރެއިން 228 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާންމުކުރި މައުލޫމާތުން ދައްކައި ގޮތުގައި މާލެއިން މިއަދު 66 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުން 60 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން މިއަދު ޕޮޒިޓިވްވީ 97 މީހުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 96،522އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު 2702 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެ ތެރެއިން 12 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެންނެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅިން ފަސޭހަވި، މީހުންގެ ޖުމުލަ އަދަދަކީ 93،544އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 263 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް