ލޯންޗަކާއި ޑިންގީއެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ދެ މީހަކަށް ފަރުވާދެނީ

ޑިންގީއެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ލޯންޗެއް-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ވިލިމާލޭ ދެކުނު ފަރާތުން ދަތުރު ކުރަމުން ދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 18:50 ހާއިރު، ވިލިމާލޭ ދެކުނު ފަރާތުން ލޯންޗަކާއި ޑިންގީއެއް ޖެހި، އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ ދެ ފިރިހެނުންނަށް ކަމަށެވެ. އަދި އެ މީހުން މިވަތު ވަނީ ފަރުވާ ދިނުމަށް ޓަކައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެކްސިޑެންޓުވި، ޑިންގީ އަޑިއަށް ގޮސްފައިވާތީ އެ ހިސާބުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދީގެން ދަތުރު ކުރާން ފުލުހުން އިލްތިމާސް ކުރެވެއެވެ.

comment ކޮމެންޓް