"ބްރަމާސްޓްރާ" ނެެރޭނީ އަންނަ އަހަރު ސެޕްޓެމްބަރު މަހު!

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ފެނިގެންދާ ބޮލީވުޑްގެ ފިލްމް ބްރަމާސްޓްރާ ބެލުންތެރިންނާ ހަމައަށް ނެރޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ފިލްމްގެ ޑައިރެކްޓަރު އަޔާން މުކެރްޖީ ބުނެފިއެވެ.

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުން އަމީތާބް ބައްޗަންއާއި ޑިމްޕްލް އަދި މައުނީ ރޯއީ ވެސް ފެނިގެންދާނެއެވެ.

ފިލްމުގެ ޕޯސްޓަރަށް ބަލާއިރު ރަންބީރް ކަޕޫރް ފެނިގެން ދާނީ ޝިވާ ރޯލުންނެވެ. ފިލްމްގައި ޝިވާއަކީ އާދަޔާ ޙިލާފަށް ބާރު ގަދަ ފަރާތެއް ކަމަށާއި އެއީ އުފަންވުމުގައިވެސް ޝިވާއަށް ލިބިފައިވާ ހާއްސަ ބާރެއް ކަމަށް ފިލްމްގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމް ފަސް ބަހަކުން ނެރެން ވަނީ ހަމަޖެހިފައެވެ. އެއީ ހިންދީއާއި ޓާމިލްއާއި ތެލުގޫއާއި މަލަޔަލަމް އަދި ކަނަޑާއިންނެވެ.

ހަމައެހެންމެ ފިލްމްގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުން ސިނަމާގައި ފިލްމް އެޅުވުމަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނެޓްފްލިކްސްއިން ފިލްމް ބެލޭނެއެވެ.

މި ފިލްމްގައި ރަންބީރާއި އާލިއާ ފެނިގެންދާއިރު ދެ ތަރިންވެސް ދަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ވަރަށް އަވަހަށް ދެތަރިންގެ ކައިވެނި ކުރެވޭނެ ކަމަށް ބެލެވޭއިރު ކައިވެނި ހަފުލާ ބޮޑުކޮށް ނުބާއްވާ ކަމަށް އާލިއާގެ އެކުވެރިއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ދެތަރިންގެ ކައިވެނި ކުޑަކޮށް ފާހަގަކުރަން ނިންމާފައިވާއިރު ކައިވެނި ކުރަން ހަމަޖެހިފައިވަނީ މުމްބާއީގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު