މެރިން އެކްސްޕޯ: އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކޮށްލައިގެން ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު

މޯލްޑިވްސް މެރިން އެކްސްޕޯގައި ގާއިމްކޮށްފައިވާ އެލައިޑްގެ ސްޓޯލް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޯލްޑިވްސް މެރިން އެކްސްޕޯގައި ގާއިމްކޮށްފައިވާ އެލައިޑްގެ ސްޓޯލަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ތިން މީހަކަށް ހަލް އިންޝުއަރެންސް ޕެކޭޖުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖޭގެ ބޯޓިން ސިނާއަތަށް ހާއްސަކޮށްގެން ބާއްވާ ހަމައެކަނި އިވެންޓް ކަމަށްވާ މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފައިވަނީ އިއްޔެއެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި އެލައިޑުން އަންނަނީ އެ ކުންފުނީގެ "ހަލް އިންޝުއަރެންސް ޕޮލިސީ" ޕްރޮމޯޓުކުރަމުންނެވެ. އެހެންނަމަވެސް އިތުރު ޕޮލިސީތަކުގެ މައުލޫމާތު ވެސް ސްޓޯލުން ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

މެރިން އެކްސްޕޯގެ އެލައިޑު ސްޓޯލަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން، ނަސީބުވެރި ތިން މީހަކަށް ހަލް އިންޝުއަރެންސް ޕޮލިސީ 3000 ރުފިޔާ ޑިސްކައުންޓް ލިބޭ ލަކީ ޑްރޯއެއް ވެސް އެލައިޑުން ވަނީ ފަށައިފައެވެ.

މި ލަކީޑްރޯގެ ނަސީބުވެރިން ހޮވުން ކުރިއަށް ދާނީ އެކްސްޕޯގެ އެންމެ ފަހު ރެއެވެ.

ހަލް އިންޝުއަރެންސް ސްކީމަކީ އޮޑިދޯނި ފަހަރަށް ހާއްސަކޮށްގެން، ދިމާވާ ހާދިސާ ތަކުން ރައްކާތެރިކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އިންޝުއަރެންސް ސްކީމެކެވެ. މި އިންޝުއަރެންސް ނެގުމުން ދޯނީގައި ހުންނަ އިންޖީނާއި ޖަނަރޭޓަރު އަދި ފެން ޕަންޕުގެ އިތުރުން ޖީޕީއެސް ފަދަ އަގު ބޮޑު އިކްއިޕްމަންޓް ވެސް ރައްކާތެރިކޮށްދޭނެއެވެ.

އެލައިޑުން ވަނީ، އުޅަނދުގެ ބާވަތާއި އުޅަނދު ބޭނުން ކުރާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމުން، އެ އުޅަނދަކަށް ހަލް އިންޝުއަރެންސް ޕްލޭނަށް ހަރަދު ވާނެ މިންވަރު އަންދާޒާ ކޮށްދޭ ފީޗާއެއް އެ ކުންފުނީގެ ވެބްސައިޓުގައި ހިމަނާފައެވެ.

comment ކޮމެންޓް