މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދަނީ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު: ފުލުހުންގެ ޓީމަކާއި މަރު ކޮމިޟަނުގެ ޓީމެއް މެލޭޟިއާއަށް ދިއުމަށް ވަނީ ނިންމާފައި ----

ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން, މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފުއްދާފައިވާ ރިޔާސީ ކޮމިޝަނުގެ ޓީމަކާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދާން ތައްޔާރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ޓީމް މެލޭޝިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އަދި ތަހުގީގު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ބައެއް ދިވެހިންނާއި ސުވާލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ޓީމު މެލޭޝިއާއަށް ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން އަދި ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ.

މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދިއުމަށް ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ. ނަމަވެސް އެކަމާ ގުޅިގެން އެ ކޮމިޝަނާއި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

މަރު ކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

comment ކޮމެންޓް