އަމީތާބްގެ ފްލެޓެއް ކްރީތީ ސަނޮންއަށް ކުއްޔަށް ދީފި! އަގަކީ މަހަކު 10 ލައްކަ ރުޕީސް!

ބޮލީވުޑްގެ ތަރި ކްރީތީ ސަނޮން، ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބަޗަންގެ ފުލެޓެއް ކުއްޔަށް ނެގިކަމަށް އޭނާ ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މުމްބާއީގެ އަންދެރީގަައި ހުންނަ އަމީތާބްގެ ފުލެޓް ދެއަހަރުގެ މުއްދަތަކަށް ކްރީތީ ކުއްޔަށް ނަގާފައިވާއިރު، އިންޑިއާގެ ރިޕޯޓުތަކުން ބުނާގޮތުގައި ކޮންމެ މަހަކު 10 ލައްކަ ރުޕީސް ކްރީތީ ސަނޮން އެ ފުލެޓަށް ހޭދަކުރާނެއެވެ.

ހަމަ އެހެންމެ އިންޑިއާގެ ހަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލެޓް ހިމެނިފައިވަނީ އެޓްލަންޓިސް ބިލްޑިންގް އިމާރާތުގައެވެ. އެއީ އަންދެރީގެ ހުޅަނގުގެ ލޯކަންޑްވާލާ މަގުގެ ކަނާއަތު ފަޅިއެވެ.

ފުލެޓް ކުއްޔަށް ނެގުމަށްޓަކައި އެއްބަސްވުމާ ކްރީތީ ހަވާލުވީ ނޮވެންބަރު 12 ވަނަ ދުވަހު ހަމަށް ކްރީތީ ވަނިީ ބުނެފައެވެ. އަދި އިންޑިއާގެ ހަބަރުތަކުން ބުނާގޮތުގައި އެެއްބަސްވުމުގެ މުއްދަތަކީ ދެއަހަރު ދުވަހެވެ. އެއީ އޮކްޓޫބަަރު 16 ވަނަ ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ރިޕޯޓްތަކުން ބުނާގޮތުގައި ފުލެޓްގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި 60 ލަައްކަ ރުޕީސް ހޭދަކޮށްފައިވެއެވެ.

ކްރީތީ ސަނޮން އަކީ ބޮލީވުޑްގައި ކުޅަދާނަ ތަރިއެކެވެ. ކްރީތީގެ އެންމެ ފަހުގެ މަސައްކަތެއްގެ ގޮތުން ފިލްމް "މިންމީ" ފާހަގަވާއިރު ކްރީތީ ބުނެފައިވަނީ މި ފިލްމަކީ އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަށް ކުޅެވުނު އެންމެ ހިތްހަމަޖެހޭ ރޯލު ކަމަށެވެ. އަދި އެ ރޯލު ކުޅެން ލިބުމުން ނުހަނު އުފާވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު