ހިތުގެ ބައްޔެއް ހުރިނަމަ ފެނިދާނެ ބަައެއް އަލާމާތްތައް!

ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މީހުން މަރުވަނީ ހިތުގެ ތަފާތު ބަލިތަކުގެ ސަބަބުންނެވެ. ރަނގަޅަށް ނުނިދުމާއި ކަސްރަތު ނުކުރުމާއި އަރާމުނުކޮށް ބުރަކޮށް މަސައްކަތް ކުރުމާއި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ނުކުރުމަކީ ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މަގުފަހިވާ ކަންތައްތަކެވެ.

ނިދި ހަމަ ނުވުމާއި ރަނގަޅަށް ނުނިދުމަކީ އަޅާނުލައި ދޫކޮށްލެވޭނެ ފަދަ ކަމެއް ނޫނެވެ. ރަނގަޅަށް ނުނިދޭނަމަ ވަރުބަލިކަމާއި ކަންނެތް ކަމަކީ ދިމާވާނެ ކަމެކެވެ. އަވަހަށް ވަރުބަލިވުމާއި ކަންނެތް ކަމަކީ ހިތުގެ ބަލިތަކަށް މީހާ ހުށަހެޅިގެންދާ ކަމެކެވެ. އަދި އޭގެ ސަބަބުން މީހާގެ ހަށިގަނޑުގައި ލޭ ދައުރުކުރުން ލަސްވެ، ހަށިގަނޑުގައި ލޭ އުފައްދާ މިންވަރު ބޮޑުތަނުން ދަށްވާނެއެވެ. އަދި މިކަމުގެ ސަބަބުން ހިތުގެ ވިންދު އެއްހަމައެއްގައި ނުހިފެހެއްޓި، ވިންދު އަވަސްވުމާއި ލަސްވުމުގެ މައްސަލަ ދިމާވެއެވެ.

ބޯ އެނބުރުމަކީ އާންމު ދިރިއުޅުމުގައި ދިމާވެދާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން އާންމުކޮށް ބޯ އަނބުރާނަމަ، ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. ސަބަބަކީ ބޯ އެނބުރުމަކީ ހިތުގެ މައްސަލައެއްގެ ފެށުން ކަމުގައި ވެދާނެތީއެވެ. މިކަމާ ކުރިމަތި ލަނީ ހަށިގަނޑުގައި ފެން މަދުވުމާއި މާ ބޮޑަށް ތަނަކަށް ތަދުވުމާއި ލޭގެ ޕްރެޝަރު ދަށްވުމުންނެވެ. އަދި ނަތީޖާއެއްގެ ގޮތުން ލޭގެ އޮކްސިޖަން ދަށްކޮށްލައެވެ.

ބަރުދަން މާ ބޮޑަށް އިތުރުވުމަކީވެސް ހިތުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. ކުއްލިއަކަށް ބަރުދަން އިތުރުވާނަމަ ހިތުގެ ދުޅަހެޔޮކަމާމެދު ޑޮކްޓަރަކާ ސުވާލުކުރުމަކީ މުހިންމު ކަމެކެވެ. ބަރުހެލިކަމާއި ހެލިފެލިވެ ނޫޅެވުމުން ސަރުބީ ގިނަވެ، މީގެ ނުރައްކާ ހިތަށް ފޯރައެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެބަލިތަކުގެ ފެށުމަކަަށް މިކަން ވެގެން ދެއެވެ. މިފަދަ އަލާމާތްތައް ހުއްޓުމަށްޓަކައި ދުވަހުގެ ތާވަލުގައި ހިމަނައިލެވޭ ކާނާގެ ދުޅަހެޔޮކަމަށް ވިސްނުން ބުއްދިވެރިއެވެ.

ހިތުގެ ވިންދު އަވަސްވުމާއި ލަސްވުމާ ނުވަތަ ވިންދު ހުންނަންޖެހޭ މިންގަނޑުގައި ނުހުރުމަކީވެސް ހިތުގެ ބަލިތަކަށް މީހާ ހުށަހެޅިގެންދާނެ ކަމެކެވެ. އެ މިންގަނޑުގައި ވިންދު ނުހުންނަމަ އެކަމުގެ ފަހަތުގައި ކަންތައްތަކެއް ފޮރުވިފައި އޮވެދާނެއެވެ. މާ ބޮޑަށް ސްޓްރެސްވެ ހާސްކަންމަތީ މީހާ ހުަންނަ ނަމަ ވިންދު އަވަސްވެ ނުވަތަ ލަސްވެއެވެ. ތަކުރާރުކޮށް މި މައްސަލަ ދިމާވެ، އާންމު ކަމަކަށް ވުމަކީ ޑޮކްޓަރެެއްގެ އިރުޝާދު ލިބިގަންނަން ޖެހޭ ކަމެކެވެ. ފަރުވާ ނުކޮށް ގިނަ ދުވަސް ހޭދަކޮށްފި ނަމަ މިކަމުގެ ސަބަބުން ސްޓްރޯކް ޖެހުމަކީ ގާތް ކަމެކެވެ.

ރަނގަޅަށް ނުނިދުމާއި ނިދަން އުނދަގޫވުމަކީ ވަރަށް ގިނަ ބަޔަކު ތަހައްމަލުކުރާ އުނދަގޫ ކަމެކެވެ. މިއީ އާންމު ކަމަކަށް ވެއްޖެނަމަ މި މައްސަލަ ބަދަލުވެގެންދަނީ "އިންސޯމްނިއާ" ބައްޔަށެވެ. ނުނިދުގެ ބައްޔަކީވެސް ހިތުގެ ބައްޔެއްގެ ފެށުން ކަމުގައި ބުނެވޭ ސަބަބަކީ ނުނިދާނަމަ ސިކުނޑީގެ މަސައްކަތް ދަށްވެ، ހިތުގެ މަސައްކަތް ބަލިކަށިވާތީއެވެ. ނިދި ހަމަ ނުކުރެވުމަކީ ހޯމޯންސްއަށްވެސް ބަދަލު ގެނުވާ ކަމަކަށްވެފައި މެޔަށް އުނދަގޫ ވާނަމަ ހިތުގެ ދުޅަހެޔޮކަން ޔަގީންކުރުން މުހިންމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު