އެފްއޭއެމްގެ ބީ ލައިސެންސް ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭއެމުން ހިންގި ކޯޗިންގް ކޯހެއްގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ކޯޗިންގް ލައިސަންސް "ސީ" ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ލައިސަންސް ކޯޗުން ތަމްރީން ކުރުމުގެ ގޮތުން އެފްއޭއެމުން ކޮންމެ އަހަރަކުވެސް ހުޅުވާލައި މި ފުރުސަތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެފްއޭއެމްއަށް ފޯމު ހުށައެޅުމަށް ވަނީ އެ އިދާރާއިން ބުނެފައެވެ.

އެފްއޭއެމުން "ސީ" ލައިސަންސް ހަދަން ބޭނުންވާ ފަރާތްތަކަށް ވެސް މިހާރު އޮތީ އެފުރުސަތު ހުޅުވާލައިފައެވެ. އަދި އެއާއެކު "ބީ" ލައިސަންސަށް ވެސް މިއަދު ފުރުސަތު ހުޅުވާލައިފައިވާ އިރު، ބީ ލައިސަންސް ހެދުމުގެ ޝަރުތަކީ ސީ ލައިސަންސް ފުރިހަމަކޮށްފައި އޮތުމެވެ.

މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން ފީއެއްގެ ގޮތުގައި ނަގާނީ 1500 ރުފިޔާއެވެ. އަދި ފޯމާއެކު ހުށައަޅަން ޖެހޭ ލިޔުންތައް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް އެފްއޭއެމްއިން އިލްތިމާސް ކުރެއެވެ.

މި ކޯހުގެ ބައިވެރިންނަށް ކުލާސްތައް ނަގައިދޭނީ އެފްއޭއެމްގެ އިންސްޓްރަކްޓަރު އަދި އޭއެފްސީ ޕްރޯ ލައިސަންސް ހާސިލް ކޮށްފައިވާ ޝާޒްލީ މުހައްމަދު (ޝާޒް) އެވެ.

ބީ ލައިސަންސް ކޯޗިންގް ކޯސް ކުރިއަށް ދާނީ ދެ މޮޑިއުލަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމ މޮޑިއުލްގެ ކުލާސްތައް އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ހަޔަކުން 19 އަށެވެ. ދެވަނަ މޮޑިިއުލްގް ކްލާސްތައް އޮންނާނީ މާޗް މަހުގެ 10 އިން 16 ގެ ނިޔަލަށެވެ.

އެފްއޭއެމުން ފުޓުބޯޅަ ކޯޗުން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަތޮޅު ތެރޭގައި ވެސް މިފަހުން ވަނީ "ޑީ" އަދި "ސީ" ލައިސަންސް ކޯޗިންގް ކޯސްތަކެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް