އެލައިޑްއިން 150،000 ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗަރެއް ހޯދުމުގެ ފުރުސަތު

މޯލްޑިވްސް ލިވިން އެކްސްޕޯގެ އެލައިޑްގެ ސްޓޯލް-- ސަން ފޮޓޯ/މުހައްމަދު ހައްޔާން

އެލައިޑް އިންޝުއަރެންސްއިން ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަށް 150،000 ރުފިޔާ ހޯމް ކޮންޓެންޓް ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނަކީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި އެލައިޑުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެކްސްޕޯގައި ހުންނަ އެލައިޑްގެ ސްޓޯލްއަށް ޒިޔާރަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް އެ ވައުޗާއަށް ހާއްސަ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ހިޔާ ފްލެޓު ފިޔަވައި އެހެން ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބައިލައްކަ ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ވެސް އެލައިޑްއިން ވަނީ ހުޅުވާލާފައެވެ.

ލިވިން އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ހޯމް ކޮންޓެންޓް ވައުޗާ ލިބޭ ތިން ނަސީބުވެރިން ހޮވާނެއެވެ.

މި މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ކުރިއަށްގެންދާ ލިވިން އެކްސްޕޯ ހުޅުވާފައި ހުންނަ ގަޑިތަކަކީ، ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އެލައިޑްގެ ހޯމް ކޮންޓެންޓް ޕްލޭންގެ ދަށުން ވައްކަމާއި ކާރިސާތަކުން ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭނެއެވެ.

އެ ޕްލޭން ބަހާލާފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ހޯމް ކޮންޓެންޓް ޕްލޭންއާއި ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ "އަހަރެންގެ ހިޔާ" ޕްލޭންއެވެ.

ހޯމް ކޮންޓެންޓް ޕްލޭންއާއި އަހަރެންގެ ހިޔާ ޕްލޭންގެ ހަމައެކަނި ތަފާތަކީ ހޯމް ކޮންޓެންޓް ޕްލޭންގައި ކަވަރު ކުރަން ބޭނުންވާ މުދަލުގެ ފޮޓޯއާއި އަގު އެލައިޑަށް ހުށަހަޅަން ޖެހުނު ނަމަވެސް އަހަރެންގެ ހިޔާ ޕްލޭންގައި އެ ބައި އުނިކޮށްފައިވުމެވެ.

އެ ދެ ޕްލޭނަށް ވެސް އެލައިޑްގެ މޮބައިލް އެޕް ނުވަތަ މައި އެލައިޑް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

comment ކޮމެންޓް