ހޮންޑާ މެރިން އިންޖީނު: ގިއަރުގެ މައްސަލަތައް ކުޑަވާނެ

ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި ހޮންޑާ އައުޓްބޯޑު އިންޖީނު-- ސަން ފޮޓޯ/ އައިމަން

ރާއްޖޭގައި ދުއްވާ ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ އައުޓްބޯޑް އިންޖީނުތަކަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައަކީ ގިއަރަށް ދިމާވާ މައްސަލައެވެ. މި މައްސަލައިގެ އާންމުކަމާ ހުރެ ގިނަ ފަހަރަށް ދަތުރަކަށް ނައްޓާލަނީ ވެސް ބެކަޕްގެ ގޮތުގައި އިތުރު ގިއަރެއް ހިފައިގެންނެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި ޑީ ބްލޫ މެރިިންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ މެރިން ވައިބުން ރާއްޖޭގެ މާކެޓަށް ޖަޕާނުގެ މަޝްހޫރު ހޮންޑާ މެރިން އައުޓްބޯޑް އިންޖީނުގެ އެކި ރޭންޖުތައް ވަނީ ތައާރަފުކޮށްފައެވެ. މެރިން ވައިބްއަކީ ހޮންޑާ މެރިންގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ..

އެއީ މުޅިން ވެސް 4-ސްޓްރޯކް އިންޖީނުތަކެވެ. ހޮންޑާ މެރިންއިން އެންމެ ފުރަތަމަ 4-ސްޓްރޯކް އިންޖީނެއް ތައާރަފުކުރީ 1964 ވަނަ އަހަރުގައެވެ.

ހޮންޑާގެ ގިއަރު: ވާދަވެރިން ވެސް ޖެހިލުންވޭ

ހޮންޑާ މެރިން އިންޖީނުގެ އެންމެ ހާއްސަ އަދި އެންމެ ވަރުގަދަ އެއް ސިފައަކީ ކުރިންވެސް ބުނި ފަދައިން ގިއަރުގެ މައްސަލަ ދިމާވުން ކުޑަ ވުމެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި ހޮންޑާ އައުޓްބޯޑު އިންޖީނު-- ސަން ފޮޓޯ/ އައިމަން

މިއީ ވާދަވެރި އެހެން ބްރޭންޑުތަކުން ވެސް ގަބޫލު ކުރާ އަދި ހޮންޑާ މެރިން އައުޓްބޯޑް އިންޖީނާ މެދު ޖެހިލުންވާ ސިފައެކެވެ. ހަމައެއާއެކު މިއީ ތެޔޮ ހަރަދު ކުޑަ، އަޑު ވެސް މަޑު އިންޖީނެކެވެ.

ދިވެހި މާކެޓަށް ފުރަތަމަ ފަހަރަށް 135 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް

މެރިން ވައިބުން ރާއްޖޭގެ މާކެޓަށް ނެރެފައިވަނީ ހެވީ ލޯޑުގައި ދަތުރު ކުރަން ހާއްސަ ހޮންޑާ މެރިން އިންޖީނުގެ ކޮމާޝަލް ރޭންޖުގެ އިންޖީނުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ހޯސްޕަވަރުން ފެށިގެން 250 ހޯސްޕަވަރާ ދޭތެރޭގެ އިންޖީނުތަކެވެ.

ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި ހޮންޑާ އައުޓްބޯޑު އިންޖީނު-- ސަން ފޮޓޯ/ އައިމަން

ތަފާތު 13 އިންޖީނުގެ ރޭންޖަކާއެކު މެރިން ވައިބުން ވަނީ ރާއްޖެއަށް މުޅިން އަލަށް 135 ހޯސްޕަވަރުގެ މެރިން އައުޓްބޯޑް އިންޖީނެއް ވެސް ތައާރަފުކޮށްފައެވެ. މިއީ ލޯންޗު އޮޕަރޭޓަރުން އެތައް ދުވަހަކަށް އިންތިޒާރު ކުރަމުން ދިޔަ ކަމެކެވެ. މިހާރު 115 ހޯސްޕަވަރުގެ އިންޖީނު އަޅުވާފައި ހުންނަ ލޯންޗު ފަހަރު އަޕްގްރޭޑު ކުރަންބަލާއިރު، ފުންމާލަން މި ޖެހެނީ 150 ހޯސްޕަވަރާ ހަމައަށެވެ.

މީގެ އިތުރުން ހޮންޑާ މެރިން އިންޖީނުގެ 175 - 250 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތަކަކީ ޑީބީޑަބްލިއު އިލެކްޓްރޯނިކް ރޭންޖުގެ އިންޖީނުތަކެވެ.

މެރިން ވައިބްއިން ވަނީ މި އިންޖީނުތަކުގެ ތެރެއިން 150 ހޯސްޕަވަރާއި 250 ހޯސްޕަވަރުގެ އިންޖީނު 1500 ގަޑިއިރު ރާއްޖޭގައި ޓެސްޓު ކޮށްފައެވެ. މި ޓެސްޓުގެ ނަތީޖާއިން ފާހަގަކުރެވުނީ ރާއްޖޭގެ ލޮނަށް ގިރުން އާދަޔާ ހިލާފަށް ކުޑަކަމުގައެވެ.

ހޮންޑާ ޖެނުއިން ސްޕެއާ އާއި އާފްޓަ ސޭލްސް ހިދުމަތް

ދުނިޔޭގައި ވެސް ނަން ހިނގާ އެތައް އައުޓުބޯޑު ބްރޭންޑެއް ރާއްޖޭގައި މިހާރު ވެސް ލިބެން އެބަހުއްޓެވެ. ނަމަވެސް ކަސްޓަމަރުންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ޕްރޮޑަކްޓެއް ގަތުމަށް ފަހު ސާވިސް ކުރަން ބަލާއިރު، އެކަން ކުރުމުގައި ދިމާވާ ދަތިތަކެވެ.

މި މައްސަލަ ކުރިމަތިވިޔަ ނުދިނުމަށް ޓަކައި ޑީ ބްލޫ މެރިން އާއި މެރިން ވައިބުން ވަނީ މީގެ ދެ އަހަރު ކުރިން ފެށިގެން މިކަމަށް ތައްޔާރު ވާން ފަށާފައެވެ. ހޮންޑާ މެރިން އިންޖީނު ރާއްޖެއަށް ތައާރަފު ކުރަން ވާއިރަށް، މެރިން ވައިބްގެ ސާވިސް ޓިމުން ވަނީ ސީދާ ހޮންޑާ ޖަޕާނުން ކުރިއަށް ގެންދިޔަ ހަ މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކޮށްފައެވެ.

މެރިން ވައިބުން ފޯރުކޮށްދޭ އާފްޓަ ސޭލްސްގެ ފެންވަރަށް ބަލާއިރު، ވޯކްޝޮޕްގެ ސޮފްޓްވެއާއަށް ކަސްޓަމަރުންނަށް ވެސް އެކްސެސް ވެވޭނެ ގޮތް އެ ކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ. މީގެ ސަބަބުން ސާވިސް ކުރިއަށް ގޮސްފައިވާ ހިސާބާއި ވޯކްޝޮޕްގެ ޝެޑިއުލް ވެސް ކަސްޓަމަރުންނަށް ވަގުތުން ބަލައިލެވޭނެއެވެ.

އަލަށް ހުޅުވި ހޮންޑާ މެރިން ސާވިސް ސެންޓަރުން ކަސްޓަމަރުންނަށް "ޓޯޓަލް ސޮލިއުޝަން" ނުވަތަ އެއް ފުރާޅެއްގެ ދަށުން ބޭނުންވާ ހުރިހާ ހިދުމަތެއް ހޯދޭނެއެވެ. އަދި އުޅަނދެއްގެ ހަލް ރެޑީ ކުރުމަށްފަހު ދެން އިތުރަށް ބޭނުންވާ ހުރިހާ އިކުއިޕްމަންޓު ހޮންޑާ މެރިން ޝޯރޫމުން ގަންނަން ލިބެން ހުރެއެވެ.

އިތުރު އެއްވެސް ތަނަކަށް ދާން ނުޖެހި، ހޮންޑާ މެރިން އިންޖީނަށް ބޭނުންވާ ޖެނުއިން ނުވަތަ އޮރިޖިނަލް ސްޕެއާ ޕާޓްސް އާއި ޕްރޮޑަކްޓްތައް އެ ތަނުން ގަންނަން ލިބޭނެއެވެ. އަދި އެ ތަނުން ގަންނަ ޕްރޮޑަކްޓްތަކަށް ހަ މަސް ދުވަހުގެ ވޮރެންޓީއެއް ވެސް ލިބޭނެއެވެ.

ހޮންޑާ މެރިން ޝޯރޫމް-- ސަން ފޮޓޯ/ އައިމަން

މެރިން ވައިބުން ވިއްކާ ހޮންޑާ މެރިން އިންޖީނު، އެއް ފަހަރާ ފައިސާ ދައްކައިގެން ނުވަތަ އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމަންޓު އުސޫލުން ވެސް ގަނެވޭނެއެވެ. އަދި ކައިރި މުސްތަގުބަލެއްގައި މި ލިސްޓަށް އެމްފްއެލްސީ އާއި ބީއެމްއެލް އިސްލާމިކް އިތުރު ކުރުމަށް ވެސް މެރިން ވައިބުން ދަނީ މަސައްކަތް ކުރަމުންނެވެ.

މެރިން ވައިބްއަކީ ޑީ ބްލޫ މެރިންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާމާނު ވިއްކުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ޑީ ބްލޫ މެރިންއަކީ 50 އަށް ވުރެ ގިނަ ބްރޭންޑްތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

ހޮންޑާ މެރިން ޝޯރޫމް ހުންނާނީ އޯކިޑު މަގު، ޑީ ބްލޫ މެރިން ފިހާރަ ކައިރީގައި ހުންނަ މ. ނިމްސާ ވިއުގެ ގްރައުންޑް ފްލޯގައެވެ. އަދި ހޮންޑާ ސާވިސް ސެންޓަރު ހުންނާނީ މުރަނގަ މަގުގައި، ބީޖީ ގަރާޖު ކުރިމައްޗަށް ވާ ގޮތަށެވެ.

comment ކޮމެންޓް