"ފްރެންޑްސް" ސީރީސްގައި ގަންތާގެ ރޯލުން ފެނިގެން ދިޔަ އެކްޓަރު މަރުވެއްޖެ

ޖޭމްސް މައިކަލް ޓައިލާ "ގަންތާ" ފްރެންޑްސްގެ އެކްޓަރު

މަޝްހޫރު ކޮމެޑީ ސީރީސްއެއް ކަމަށްވާ "ފްރެންޑްސް" ގައި ގަންތާގެ ރޯލުން ފެނިގެންދިޔަ ޖޭމްސް މައިކަލް ޓައިލާ މަރުވެއްޖެއެވެ.

ޓައިލާ މަރުވެފައިވަނީ ކެންސަރު ބަލީގެ ސަބަބުން އިއްޔެ ހެދުނު ލޮސް އޭންޖަލަސްގައި ހުންނަ އޭނާގެ ގޭގައި ކަމަށް ޓައިލާގެ މެނޭޖަރު ބުންޏެވެ.

ޓައިލާ މަރުވި އިރު އުމުރަކީ 59 އަހަރެވެ.

ޓައިލާއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އެނގުނީ 2018 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން ކެންސަރު ވަނީ ޓައިލާގެ ކަށިތަކަށް ވެސް ފެތުރިފައެވެ.

ޓައިލާ ވަނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ އެހެންމީހުންނަށް އެހީ ވުމުގެ ގޮތުން މި ބައްޔާ ބެހެގޮތުން މައުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކުގައި ބައިވެރިވެފައެވެ.

"ފްރެންޑްސް" 150 އެއްހާ އެޕިސޯޑުން ޓައިލާ ފެނިގެންދިޔައެވެ. އަދި އޭނާ ވަނީ މި އަހަރުގެ މެއި މަހު ބޭއްވި "ފްރެންޑްސް ރިޔޫނިއަން"ގައިވެސް ބައިވެރިވެފައެވެ.

"ފްރެންޑްސް" ގައި ޓައިލާ އަދާކުރީ ސެންޓްރަލް ޕާކް ކެފޭގެ ވެއިޓަރު އަދި މެނޭޖަރުގެ ރޯލެވެ.

ޓައިލާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންވެސް ކުރު ފިލްމްތަކުގައި ހަރަކާތްތެރިވެފައެވެ.

comment ކޮމެންޓް