ފަނަރަވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް 2021 ގައި ދިވެހިރާއްޖެ ތަމްޞީލުކުރާނެ ފެތުންތެރިން ހޮވައިފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 16 ން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 4 ފެތުންތެރިއަކު ދިވެހިރާއްޖެ ތަމްޞީލުކުރާނެއެވެ. އެފެތުންތެރިންނަކީ އައިޝަތު ސައުސަން, ހަމްނާ އަޙުމަދު, މުޙައްމަދު އާން ޙުސައިން އަދި އިމްޢާން އަލީއެވެ.
ސްވިމިންގް އެސޯސިއޭޝަނުން ބުނީ މި ފެތުންތެރިން ހޮވާފައިވަނީ ފެތުންތެރިން ހޮވުމަށް ބޭއްވުނު ޓްރަޔަލްގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށެވެ.
މިއީ ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ގިނަ ފެތުންތެރިންނަށް ފުރުސަތު ލިބުނު ފަހަރެކެވެ. މިދިޔަ އޮގަސްޓް މަހު ޖަޕާނުގެ ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި ފެތުންތެރިންނަކީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމްއެވެ.
ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ފެތުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާހުރި ފެތުންތެރިޔަކީ ސައުސަންއެވެ. އޭނާ ވަނީ މީގެ ކުރިން ބައިނަލް އަގުވާމީ މުބާރާތްތަކާއި، ރާއްޖޭގެ މުބާރާތްތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދައިފައެވެ.