ފ. ބިލެތްދޫ ޕޮލިސްޓޭޝަނުން އިންތިޒާމުކޮށްގެން އެ ރަށުގެ ފާނަ މަސްވެރިންނަށް ހާއްސަކޮށް ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.
މިއީ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގެ ރަށެއްގައި ބޭއްވޭ ފުރަތަމަ ފުޓުސަލް މުބާރަތެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 އިން 23 އަށް ލީގު އުސޫލުންނެވެ. މި މުބާރާތުގާއި ބިލެތްދޫގާ ފާނަ މަސްވެރިކަން ކުރާ 06 ދޯންޏަކުން ވަނީ ބައިވެރިވެފައެވެ.

ބިލެތްދޫ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ ތެރެއިން -
މި މުބާރާތުގެ މަގުސަދަކީ ބިލެތްދޫ ފާނަ މަސްވެރިންގެ މެދުގައި ކުޅިވަރު ރޫހު އާލާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި މަސްވެރިން ބޭއްތިއްބުމުގެ އިތުރުން އާމާން މުޖުތަމައެއް ބިނާކުރުމުގެ މާގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
ބިލެތްދޫ ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ޝަރަފުވެރިކޮންދެއްވި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެރަށު ސުކޫލު ގުރޭޑް އެކެއްގެ ކުދިންގެ ހާއްސަ ހަރަކާތެއް ވަނީ ބާއްވައިފައެވެ.
މި މުބާރާތުގެ ފައިނަލު ކުޅޭނީ ލީގު އުސޫލުންކުޅެ އެންމެ މަތީ ޕޮއިންޓު ހޯދާ ދެޓީމެވެ.

ބިލެތްދޫ ފާނަ މަސްވެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތުގެ ތެރެއިން -
ފާނަ މަސްވެެރިން ފުޓުސަލް މުބާރާތް 2021 ގެ މެއިންސްޕޮންސާރ އަކީ މެގްނެޓިކް ޕަވަރ އިންޖިނިއަރިންގ ޕްރާއިވެޓް ލިމިޓެޑްއެވެ. ކޯ ސްޕޮންސަރ އަކީ އެންދެރި ސްޓޯރެވެ. އަދި ބެވަރޭޖް ޕާޓްނަރަ އެމް.ޔޫ.ސްޓޯރ ގެ އިތުރުން ސްޕޮންސަރ އެއްގެގޮތުގައި ސަފާނާ ވެލްޑިންގ ވަނީ ހަމަޖައްސައިފައެވެ.
މި މުބާރާތުގެ ފައިނަލް ގާއި ބައްދަލުކުރާނީ ޖަވާހިރު-2 ދޯނި އާއި ރަސްމަގު-4 ދޯންޏެވެ.