އެކްޓަރު ޝާހިދު ކަޕޫރު ރާއްޖޭގައި

އެކްޓަރު ޝާހިދު އާއި މީރާ--

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އެކްޓަރު ޝާހިދު ރާއްޖެ އައީ އޭނާގެ އަންހެނުން މީރާ ކަޕޫރުއާއި އެ ދެމަފިރިންގެ ދެ ދަރިން ޒައިން އާއި މިޝްރާއާ އެކުގައެވެ. ދެމަފިރިން ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރަނީ ހިތްގައިމު ރިސޯޓް ސޮނެވާފުށީގައެވެ.

ޝާހިދު އާއި މީރާ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމުގައި ވަނީ ހިއްސާކޮށްފައެވެ.

ޝާހިދު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ޖާޒީ" އިންނެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގައެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ ބަތަލާ މުރްނާލް ތާކޫރެވެ.

ޝާހިދު ބުނީ މި ފިލްމަކީ އޭނާގެ ހިތާ ކުޅެލި ފިލްމެއް ކަމަށާއި މި ފިލްމުގެ މަސައްކަތަކީ މިހާތަނަށް އޭނާއަށް އެންމެ ހިތްހަމަޖެހިގެން ކުރެވުނު އެއް މަސައްކަތް ކަމަށެވެ. އަދި މި ފިލްމުގެ ތަޖުރިބާއަކީ ވަރަށް ސަޅި ތަޖުރިބާއެއް ކަމަށްވެސް ޝާހިދު ވަނީ ކުރިން ބުނެފައެވެ.

މި ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ތެެލެގޫ ވާޝަނެއް ވެސް ވަނީ މީގެ ކުރިން ގެނެސްދީފަ އެވެ.

comment ކޮމެންޓް