"ޔޭ ރިޝްތާ ކިޔާ ކެހެލެތާ ހޭ" ގެ ފަހު މަންޒަރުތައް ކާރްތިކް އާ ނައިރާ ކުޅެފި

ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގައި ލީޑު ރޯލު ކުޅޭ މުހުސިން އާ ޝިވާންގީ---

ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ލީޑު ރޯލުން ފެނިގެންދާ ދެތަރިން ކަމަށްވާ ޝިވާންގީ ޖޯޝީ (ނައިރާ) އާ މުހުސިން ޚާން (ކާރްތިކް)ގެ ފަހު މަންޒަރުތައް ޝޫޓްކޮށް ނިންމާލައިފިއެވެ. ޑްރާމާގައި ނައިރާ ކެރެކްޓާ މަރާލުމަށްފަހު އާ ކެރެކްޓާ ސީރަތުގެ ކެރެކްޓާ ވެސް ގެނައީ ދާދިފަހުންނެވެ. ސީރަތުގެ ރޯލުން ވެސް ފެނިގެންދަނީ ޝިވާންގީއެވެ.

އަސްލު ދިރިއުޅުމުގައި ވެސް ލޯބިވެރިންކަމަށްވާ ޝިވާންގީ އާ މުހުސިން މި ޑްރާމާއިން ވަކިވާން ނިންމިކަން ވަނީ މިދިޔަ މަސްތެރޭ ހާމަކޮށްފައެވެ. މިދެތަރިން މި ޑްރާމާ އާ އަލްވަދާއު ކިޔަން ނިންމީ ތިން ދަރިންގެ މައިންބަފައިންގެ ރޯލު ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ޑްރާމާގެ އާ ދެތަރިންނާއެކު މިހާރު އެ ޑްރާމާގެ އާ ޕްރޮމޯއެއް ވެސް ވަނީ ދައްކާލާފައެވެ. 2016 ވަނަ އަހަރުން ފެށިގެން އެ ޑްރާމާގެ ލީޑު ކެރެކްޓާ ކުޅެމުން އައި މި ދެތަރިން ޑްރާމާ އާ ވަކިވާން ނިންމުމަކީ މި ޑްރާމާއަށް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.

މިދެތަރިންގެ ކުރިން ޑްރާމާގައި ކުރިން ލިީޑު ރޯލު ކުޅުނު ހީނާ ޚާން (އަކްޝަރާ) އާ ކަރަން މެހެރާ (ނެތިކް) ވެސް ވަނީ މައިންބަފައިންގެ ރޯލު ކުޅެން ޖެހުމުން އެ ޝޯ ދޫކޮށްލާފައެވެ.

comment ކޮމެންޓް