ސުޕަ ޑާންސާ ގެ ޓްރޮފީ އުފުލާލީ ފްލޮރީނާ!

މި ފަހަރުގެ ޝޯ ކާމިޔާބުކުރި ފްލޮރީނާ އާ އޭނާގެ ގުރޫ---

ސޮނީ ޓީވީ އިން ދެއްކި ރިއަލިޓީ ޝޯ "ސުޕަ ޑާންސާ" ގެ ހަތަރުވަނަ ސީޒަން ފްލޮރީނާ ގޯގޮއީ 7, ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ އައްސާމަށް ނިސްބަތްވާ ފްލޮރީނާ މި މުބާރާތުގެ ޓައިޓަލް ގެންދިޔައިރު ޓްރޮފީގެ އިތުރުން އޭނާއަށް ވަނީ 15 ލައްކަ ރުޕީސް ލިބިފައެވެ. އަދި އޭނާ އާއެކު ނެށި އޭނާގެ ގުރޫ ތުޝާރު ޝެޓީ އަށް ވަނީ ފަސް ލައްކަ ރުޕީސްގެ އިނާމެއް ލިބިފައެވެ.

މި ފަހަރުގެ ސުޕަ ޑާންސާގެ ޖަޖުކަން ކުރީ ބަތަލާ ޝިލްޕާ ޝެޓީ، ގީތާ ކަޕޫރު އަދި އަނޫރާގް ބާސޫއެވެ. މި ޝޯ ހޯސްޓްކުރީ ރިތްވިކް ދަންޖާނީ އާ ޕަރިތޯޝް ތްރިޕާތީ އާއެވެ.

ސުޕަ ޑާންސާގެ ޓައިޓަލް ފްލޮރީނާ ކާމިޔާބުކުރި އިރު އޭނާއާއެކު ފިނާލޭގައި ވާދަކުރީ އީޝާ މިޝްރާ، ސަންޗިޓް ޗަންނާ، ޕްރުތްވިތާ އާއި ނީރްޖާއެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މި ޝޯގެ ތިންވަނަ ސީޒަންގެ ޓައިޓަލް އުފުލާލީ ކޮލްކަތަރަށް އުފަން އުމުރުން ހަ އަހަރުގެ ރުޕްސާ އެވެ. އޭނާ އަކީ އެ ސީޒަނުގައި ބައިވެރިވި އެންމެ ހަގު ނެށުންތެރިޔާވެސް މެއެވެ. ސީޒަން ދޭއްގެ ޓައިޓަލް އުފުލާލީ އައްސާމަށް ނިސްބަތްވާ ބިޝާލް ޝަރުމާއެވެ. މި ޝޯގެ ފުރަތަމަ ޗެޕްޓާގެ ޓައިޓަލް އުފުލައިލީ ދިތްޔާ ބާންޑޭއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު