އަތޮޅު ތެރެއިން 36 ކޭހާއެކު މިއަދު ޖުމްލަ 72 ކޭސް

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގައި އަތޮޅުތަކުން 36 މީހުންނާއެކު މިއަދު 72 ކޭސް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ކޮވިޑަށް 4,632 ސާމްޕަލް ޓެސްޓުކޮށްފައިވެއެވެ.

އޭގެ ތެރެއިން މާލެ ސަރަހައްދުން 31 މީހެއްގެ އިތުރުން، އަތޮޅުތަކުން 36 މީހަކާއި ރިޒޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިއަދުގެ ކޭސްތަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 84،362 އަށް އަރާފައެވެ.

އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1،551 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 20 މީހަކަށެވެ.

މިއަދާ ހަމައަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 82،567 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ހުރީ 231 ގައެވެ.

comment ކޮމެންޓް