އުރަމަތީ ކެންސަރު ހުރިކަން ދެނެގަންނާނީ ކިހިނެއް؟

އުރަމަތީ ކެންސަރުގެ އަލާމާތް ފެންނަން ހުންނަނަމަ ލަސްނުކޮށް ސިއްހީ އެހީތެރިއްގެ ލަފާ ހޯދައްވާ---

އުރަމަތީގެ ކެންސަރު ނުވަތަ ބްރެސްޓް ކެންސަރަކީ ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އިންޓަރނޭޝަނަލް އޭޖަންސީ ފޯ ކެންސާ ރީސާޗްއިން ހާމަވާ ގޮތުގައި ރާއްޖޭގައި ޖެހޭ ކެންސަރުގެ ގާތްގަނޑަކަށް 73 ޕަސެންޓަކީ އުރަމަތީގެ ކެންސަރެވެ.

ރާއްޖޭގެ އިތުރުން ޔޫކޭގައި ވެސް އުރަމަތީ ކެންސަރަކީ އެންމެ އާންމު ކެންސަރެވެ. އެ ގައުމުގެ ކޮންމެ އަށް އަންހެނަކުން އެއް އަންހެނަކީ އުރަމަތީ ކެންސަރު ތަހައްމަލު ކުރަމުން އަންނަ އަންހެނެކެވެ. ދާދިފަހުން ލަވަކިޔުންތެރިޔާ ސާރާ ހާޑިން ވެސް ވަނީ އުރަމަތީ ކެންސަރުގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކޮށްފައެވެ. މިދިޔަ އަހަރު އޭނާއަށް ކެންސަރު ޖެހުނުއިރު ކެންސަރު މުޅި ހަށިގަނޑަށް ފެތުރިގެން އޭނާ މަރުވީ މި މަހުއެވެ.

ޖެނެޓިކްސް، މީހާ ހެލިފެލިވެ ނޫޅޭ، ހަރަކާތްތެރި ދިރުއުޅުމެއް ނޫޅޭ އަންހެނުންނަށް އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އުރަމަތީ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.

ގަނޑު ލާފައި ހުރުން

އުރަމަތީގައި މާ ބޮޑަށް ނޫނީ ކޮންމެވެސް ވަރަކަށް ގަނޑު ލާފައި ހުރުމަކީ ކެންސަރުގެ އަލާމާތެކެވެ. ގަނޑު ލާފައި ހުންނަ ތަން ތަނަށް އާންމު ގޮތެއްގައި ތަދުވެ ދުޅަވެފައި ހުންނަ ފާޑަކަށް ހުންނަ ނަމަ އެއީ އުރަމަތީ ކެންސަރުގެ އަލާމާތެކެވެ. މި އަލާމާތް ފެންނަމަ ބުއްދިވެރި ގޮތަކީ ސިއްހީ އެހީތެރިއެއްގެ ލަފައެއް ހޯދުމެވެ.

ތަދުހުރުން

އުރަމަތީ ވަކި ތަންކޮޅަށް ނުފިލާ ރިހުމެއް އަބަދުވެސް ހުންނަނަމަ މިއީ ނުރައްކާތެރި ކަމެކެވެ. އަމިއްލަ އަށް ފަރުވާ ކުރަން ނޫޅެ ނުވަތަ މިކަން ދިމާވެއްޖެނަމަ ފަރުވާ ކުޑަ ނުކޮށް ޑަކްޓަރަށް ދެއްކުން ވަރަށް މުހިއްމެވެ.

ރަތްވެފައި ހުރުން

ހިރުވުމެއް ހުރެ އުރަމަތީ ތަންތަންކޮޅު ރަތްވެފައި ހުރުމަކީ ވެސް އުރަމަތީ ކެންސަރު އަލާމާތެވެ.

މައުލޫމާތު: އިންޑިޕެންޓެންޓް

comment ކޮމެންޓް