ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައިފި

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިން ހޮވައި، އިނާމުތައް ވަނީ ހަވާލުކޮށްފަ -- ފޮޓޯ: ކޮކާކޯލާ

ފުޓްބޯޅައަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށްޓަކައި ކޮކާ ކޯލާ އިން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަންގެ ފުރަތަމަ ބުރުގެ ނަސީބުވެރިން ހޮވައިފިއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންނަށް ހޮވުނު އައިޝަތު ނާއިފާ، ހުސެއިން ރިޔާޒު، ފަހީމާ ގާސިމް އަދި ފާތިމަތު ރަޝީދު އަށް ވަނީ އިނާމުގެ ގޮތުގައި ސްމާޓްފޯން، 50 އިންޗީގެ ސްމާޓް ޓީވީ އަދި ކޮކާ ކޯލާ ލޯގޯ ޖަހާފައިވާ މިނީ ފްރިޖުތައް ހަވާލުކޮށްފައެވެ.

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަނުން ދޭ އިނާމުތަކުގެ ތެރޭގައި ކުދި ފްރިޖު ހިމެނޭ -- ފޮޓޯ: ކޮކާކޯލާ

އެ ޕްރޮމޯޝަނުގައި ބައިވެރިވެގެން ސްމާޓްފޯނާއި 50 އިންޗީގެ ޓީވީ އާއި މިނީ ފްރިޖު އަދި ކޯކުގެ ލޯގޯ ޖަހާފައިވާ އެކި ހަދިޔާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކުވެސް ނަސީބުވެރިން ހޮވާނެއެވެ. އެހެންކަމުން، މިއީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކު ފުޅި ގަނެގެންނެވެ. އެގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަންކުލައިގެ މަތި ޖެހި ކޯކު ފުޅީގެ މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން އެ ޕްރޮޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި އިނާމު ބަލާ ދާ އިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެއެވެ.

ކޯކް، ފުޑް އެންޑް ފުޓްބޯލް ޕްރޮމޯޝަނުން ދޭ އިނާމުތަކުގެ ތެރޭގައި 50 އިންޗީގެ ޓީވީ ހިމެނޭ -- ފޮޓޯ: ކޮކާކޯލާ

އެ ޕްރޮމޯޝަނުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނާއި 50 އިންޗީގެ 25 ޓީވީ ހިމެނެ އެވެ. އަދި ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޑެޓް އެޑިޝަން ކުދި ފްރިޖާއި ކޯކުގެ ބްރޭންޑު ޖަހާފައިވާ އެކި ބާވަތުގެ 225 މާޗެންޑައިސްވެސް ހިމެނެއެވެ.

އޭގެ ތެރެއިން ކުދި ފްރިޖަކީ ޕްރޮމޯޝަން ކުރިއަށް ދާ ކޮންމެ ދުވަހަކު ދޭ އިނާމެކެވެ.

މިހާރު 135 އަހަރުވެފައިވާ ކޮކާ ކޯލާ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ބަންދު ކުރާ ޕާޓްނަރަކީ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.

comment ކޮމެންޓް