އަލޯވެރާއިން ހީނުކުރާހާ ގިނަ ފައިދާ

އަލޯވެރާ

އަލޯވެރާއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގޭތެރެ ރީތިކުރުމަށް ބޭނުންކުރާ ގަހެކެވެ. އަދި މިއީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ވެސް ލިއްބިދޭ އެއްޗެކެވެ. ހަމައެހެންމެ، ގިނަ ސައިންޓިސްޓުން މި ގަސް ސިފަ ކުރައްވާފައިވަނީ "މިރަކަލް ޕްލާންޓް"އެއްގެ ގޮތުގައެވެ.

އަލޯވެރާއަކީ ރީތިވާން ބޭނުންކުރާ ސާމާނެކެވެ. އެގޮތުން އެލޯވެރާއަކީ ބޮލުގައި ލާން ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ބޮލުގައި ހުންނަ އުކުނު ފިލުވައިދިނުމުގެ އިތުރުން އިސްތަށިގަނޑު ވަރުގަދަ ކޮށްދޭ އެއްޗެކެވެ. ބޮލުގައި އަލޯވެރާ ލާއިރު، ހަދަން ޖެހޭނެ ގޮތަކީ އެލޯވެރާ ފަތުގައި ހުންނަ ޖެލްތައް ސަމުސަލަކުން ކަހާފައި ތައްޓަކަށް އެޅުމަށްފަހު، ކާށި ތެލާއި އެއްކުރާނީއެވެ.

މީގެ އިތުރުން، އަލޯވެރާ އަކީ އަވިން ސަލާމަތްވުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ. އެގޮތުން އަލޯވެރާގައި ހުންނަ ޖެލްތައް ހަންގަނޑުގައި ހާކަން ވާނެއެވެ. ހަމައެހެންމެ އަލޯވެރާ އަކީ ވަރަށް ގިނަ ލޯޝަން އުފެއްދުމުގައި ބޭނުންކުރާ އެއްޗެކެވެ.

އަލޯވެރާ އަކީ ވިޓަމިނާއި މިނަރަލް އެކުލެވިގެންވާ އެއްޗެއްގެ އިތުރުން ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ. އެގޮތުން މޫނުގައި އަދި ގައިގައި ނަގާފައި ހުންނަ ބިހިތައް ފިލުވައިދިނުމަށް މަސައްކަތް ކޮށްދެއެވެ. އަދި މިއީ އަނގަދޮވުމަށް ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން އަނގައިގައި ހުންނަ ކޮބަޑި ނައްތާލުމަށް އަލޯވެރާ އެހީވެދެއެވެ.

comment ކޮމެންޓް