ވާތްތެރީންގެ ފޮރުވިފައިވާ ސިއްރުތައް

ވާތްތެރިންނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ 12 ޕަސެންޓް މީހުންނެވެ. އެހެންނަމަވެސް، ދުވަހެއް ދުވަހަކަށް ވާތްތެރިންގެ ލިސްޓަށް މީހުން އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔޭގެ ނަން މަޝްހޫރު ބައިލޮޖީ ފޮތެއް ކަމަށްވާ "ސެރެބްރަލް ޑޮމިނެންސް" ފޮތުގައި ވާގޮތުން ކަނާތްތެރިންނަށް ވުރެ ވާތްތެރިންނަށް އެލާޖިކުވުމުގެ ފުރުސަތު 11 ގުނައަށް އިތުރެވެ. އަދި އޮޓޯ އިމިއުން ޑިސީސް ޖެހުމުގެ ފުރުސަތު ވާތްތެރިންނަށް 2.5 ގުނައަށް އިތުރުވެގެންވެއެވެ. މީގެ އިތުރުން، މައިގްރޭން ހުރުމުގެ ފުރުސަތު ވެސް ވާތްތެރިންނަށް ބޮޑެވެ.

މީގެ އިތުރަށް، ވާތްތެރިންނަކީ ޕީއެމްއެލްޑީ ހުންނަ ބަޔަކަށް ވާތީ ވާތްތެރިން ނިދާފައި އޮންނަ އިރު ކަނާތްތެރިންނަށްވުރެ ބޮޑަށް ފޮރޮޅޭނެއެވެ. 2011 ވަނަ އަހަރު ހަދާފައިވާ ރިސާޗެއްގައިވާ ގޮތުން، ވާތްތެރިންގެ ތެރެއިން 94 ޕަސެންޓު މީހުން މިކަން ތަހައްމަލު ކުރާނެއެވެ.

ކަނާތްތެރިންނާ ޚިލާފަށް ވާތްތެރިންނަކީ ވިސްނުންތޫނު ބައެކެވެ. އަދި ހަމައެހެންމެ، ވާތްތެރިންނަކީ، އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބައެކެވެ. އަދި ވާތްތެރިންގެ އެންމެ ހައިރާންކުރަނިވި ކަމަކީ، ކަނޑުއަޑި ކަނާތްތެރިންނަށްވުރެ ސާފުކޮށް ފެނުމެވެ.

comment ކޮމެންޓް