ހަކުރުބަލި ހުންނަ ނަމަ މިއަލާމަތްތައް ފެންނާނެ!

ހަކުރު ބައްޔަކީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ބައްޔެކެވެ.

ޑައިބެޓިސް ހުންނަ ނަމަ ފެންނާނެ އާލަތްމަތްތަކުގެ ތެރޭގައި ގިނަގިނައިން ކުޑަކަމު ދެވުން ހިމެނެއެވެ. ސަބަަބަކީ، ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރާ ހޯމޯން ކަމަށްވާ އިންސިއުލިން ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ނުއުފެދޭތީއެވެ. ނުވަތަ އެ ހޯމޯން އުފެއްދި ނަމަވެސް ރަނގަޅަށް މަސައްކަތް ނުކުރާތީއެވެ.

އެހެންކަމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާ ވަރަކަށް، އެ ހަކުރު "ފުރޭނުމަށްޓަކައި" ހަށިގަނޑުން ކިޑްނީއަށް ލޭ ފޮނުވާ މިންވަރު އިތުރުވެ، ކިޑްނީން ކުޑަކަމުދާ ނަޖިސް އުފައްދާ މިންވަރުވެސް އިތުރުވެއެވެ. އަދި މީހާ ގިނަގިނައިން ފާހާނާއަށް ދާން ޖެހެއެވެ.

ހަމައެހެންމެ، ގިނަގިނައިން ކުޑަކަމު ދިޔުމުގެ ސަބަބުން ބަނޑުހައި ވާނެއެވެ. ބަނޑުހައިވި ވަރަކަށް އަނގަ ތެރޭގައި ދުވާ ވަހަށް ބަދަލުތައް އަންނާނެއެވެ. ރިސާޗް ތަކުން ބުނާ ގޮތުން ޑައިބެޓިސް ހުންނަނަމަ އަނގައިން ދުވާ ވަސް ނުބައިވާނެއެވެ. އަދި ލޭގެ ހަކުރު ލެވެލް މައްޗަށް ދާނަމަ، އިންފެކްޝަން އުފެދި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ނޭދެވޭ އަސަރު ފޯރާނެއެވެ.

ލޮލަށް ފެންނަގޮތް ނުސާފުވުމަކީ އާއްމުގޮތެއްގައި ޑައިބެޓިސް ހުންނަ އަންހެނުންނަށް ފެންނަ އަލާމަތެކެވެ. ސަބަބަކީ ހަކުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ލެންސަށް ލިކުއިޑް އެތެރެވާތިއެވެ. އެހެންކަމުން ގުލްކޯޒް ހަށިގަނޑަށް އިތުރުކުރަން ޖެހޭނެއެވެ. މީގެ އިތުރުން، އަތް ނުވަތަ ފައި އައްސިވުމަކީ ޑައިބެޓިސްގެ އަލާމާތެކެވެ. މިކަން މިގޮތަށް ވަނީ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ދައުރުވާން ޖެހޭ ވަރަށް ލޭ ދައުރު ނުވާތީއެވެ.

އިންސިއުލިން ހަށިގަނޑުގައި މަދުނަމަ، ހަށިގަނޑުގައި ހުންނަ ފެޓް އަށާއި މަސަލްތަކަށް އަސަރު ކުރާނެއެވެ. މީގެ ސަބަބުން ބަރުދަން ލުއިވާނެއެވެ. ބަރުދަން ލުއިވުމަކީ ޑައިބެޓިސްގެ އާލާމާތެކެވެ. އަދި އަބަދުވެސް ވަރުބަލިކަން އިހުސާސް ކުރެވުމަކީ އަލާމާތެކެވެ. ސަބަބަކީ ހަމަ ނިދި ނުލިބޭތީ އާއިއެކު، ސިކުނޑިއަށް ނެދެވޭ އަސަރު ކުރާނެތީއެވެ.

ޑައިބެޓިސްގެ އަލާމަތްތަކުގެ ތެރޭގައި ގިނަގިނައިން ގައިކެހުން ހިމެނެއެވެ. ދިރާސާތަކުން ތަކުން ބުނާގޮތުން ކަރު ދޮށުގައި ކަޅު ކުލައިގެ ބިހިތަކެއް ނުވަތަ ޑޮޓްތަކެއް ހުރުމަކީވެސް ޑައިބެޓިސްގެ އަލާމާތެކެވެ.

comment ކޮމެންޓް