ޔޫއްޕެގެ "ގިރިދަ" އަންގާރަ ދުވަހު ރިލީޒް ކުރަނީ

ސީރީޒްގެ މަންޒަރެއް---

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ގެނެސްދޭ ވެބް ސީރީޒް "ގިރިދަ" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.

ޓްރެއިލާ ވެސް އާންމުކޮށްފައިވާ "ގިރިދަ" ވެބް ސީރީޒް ގެނެސްދޭން ނިންމާފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ސީރީޒް ދައްކަން ހަމަޖެހިފައިވަނީ މީޑިއާނެޓް މަލްޓި ސްކްރީން އެޕުންނެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ މި ސީރީޒުގައި ފެނިގެންދާ ބައެއް ތަރިންނަކީ އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު ޒިޔާ އެވެ.

ގިރިދަ އަކީ ޔޫއްޕެ ޑައިރެކްޓްކޮށް އޭނާ ސްކްރީންޕްލޭ ލިޔުނު ސީރީޒެކެވެ. މި ވެބް ސީރީޒަކީ ސިޓްކޮމެކެވެ.

comment ކޮމެންޓް