ބަނޑުގެ ކެންސަރު ހުންނަނަމަ މި އަލާމަތްތައް ފެންނާނެ!

ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. މީގެތެރެއިން ބަނޑުގެ ކެންސަރަކީ އެންމެ ހައްލު ހޯދަން އުނދަގޫ އެއް ބައްޔެވެ. އެހެންނަމަވެސް، ފަރުވާ ކުރެވެން އަންނަނީ މިބަލި ހުރިކަން އެނގޭ ދުވަހަށް ބިނާވެއެވެ.

ބަނޑުގެ ކެންސަރަކީ އެބަލި ޖެހުމުން ފުރަތަމަ ދުވަސްވަރު ފާހަގަ ނުކުރެވޭ ބައްޔެކެވެ. އެދުވަސްވަރު ބަލީގެ ބޮޑެތި އަލާމަތްތައް ނުފެންނާނެއެވެ. ފަހަށް ދިޔަ ވަރަކަށް ބައްޔަށް، ފަރުވާ ކުރެވޭ ވަގުތު ފާއިތު ވެގެންދެއެވެ. އާއްމު ގޮތެއްގައި މިބަލި ޖެހެނީ އުމުރުން 50 އަހަރަށްވުރެ ދުވަސްވުމުންނެވެ.

ބަނޑުގެ ކެންސަރުގެ އަލާމަތްތައް

  1. ބޮލުގައި ރިއްސާގޮތްވެ ނިދަން އުނދަގޫވުން
  2. ގައިން ލޭގެ ސެލްތައް މަދުވުން (އެނީމިއާ)
  3. ހަޖަމު ކުރަން އުނދަގުވުން
  4. ހޮޑުލެވުން ނުވަތަ ހޮޑުލާއިރު ލޭ ހުރުން
  5. އުނަގަނޑުގައި ރއްސުމާއި ބަނޑުގައި ރިއްސުން
  6. ކުއްލިގޮތަކަށް ބަރުދަން އިހުނަށްވުރެ ލުއިވާން ފެށުން
  7. ގޭސްޓްރިކް މައްސަލަ ހުރުން

މިފަދަ އަލާމަތްތައް ހަށިގަނޑުން ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކުޓަރަށް ދެއްކުން މުހިއްމެވެ. މިއީ މަދުންނަމަވެސް ފެންން ބައްޔަކަށްވީ ނަމަވެސް، މަބަލި ޖެހިއްޖެނަމަ އަވަހަށް ހައްލު ހޯދަން މަސައްކަތް ކުރަން ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު