މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި

މޯލްޑިވިއަންގެ ފްލައިޓެއް --- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށްފިއެވެ.

ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނީ ފުވައްމުލަކުން މާލެއަށް ފުރަން އުޅުނު މޯލްޑިވިއަން އެއާލައިންސްގެ ބޯޓަކަށެވެ.

ފްލައިޓު ހައިޖެކްކުރާނެ ކަމަށް ބުނި މައްސަލައިގެ ރިޕޯޓު ރޭ 8:50 ހާ އިރު ލިބުމާއެކު ފުލުހުން ވަނީ މައްސަލަ އިތުރަށް ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް އޭގެ އިތުރުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރުދީފައިވާއިރު، އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނިކޮށް ލޭޒާ ލައިޓު އެޅުވި މައްސަލައެއްވެސް މިދިޔަ އާދިއްތަ ދުވަހު ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަވެސް އައިލެންޑް އޭވިއޭޝަނުން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

comment ކޮމެންޓް