ސައިފްގެ އުފަންދުވަސް މިފަހަރު ރާއްޖޭގައި

އެކްޓަރު ސައިފް އަލީ ޚާން---

މާދަމާ 51، އަހަރު ފުރޭ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އޭނާގެ އުފަންދުވަހަށް ރާއްޖެ އަތުވެއްޖެއެވެ.

އުފަންދުވަސް ފާހަގަކުރަން ސައިފް ރާއްޖެ އައީ އަނބިމީހާ ކަރީނާ ކަޕޫރު ޚާން އާ ދަރިފުޅު ތައިމޫރު އަލީ ޚާންގެ އިތުރުން ޖޭ އަލީ ޚާން އާއެކުއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދަތުރުގައި ސާރާ އަލީ ޚާން، އިބްރާހިމް އަލީ ޚާންގެ އިތުރުން ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ ވެސް ބައިވެރިވެއެވެ. މި ދަތުރުވެގެންދާނީ ޖޭ ލިބުނު ފަހުން ކަރީނާ އާ ސައިފް އިންޑިއާއިން ބޭރަށް ކުރާ ފުރަތަމަ ދަތުރަށެވެ.

ބަތަލާ ކަރީނާ އާ ސައިފް ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ވަނީ ރާއްޖެއައިސްފައެވެ. ރާއްޖެއަކީ ބޮލީވުޑުގެ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލަން އަންނަން މަގްބޫލު މަންޒިލެކެވެ. އަދި އިންޑިއާއަކީ މިފަހުން އައިސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލްވެސްމެއެވެ.

comment ކޮމެންޓް