ސައިފްގެ އުފަން ދުވަހަށް ކަރީނާ އާއި ސައިފް ރާއްޖެއަށް

ކަރީނާގެ އާއިލާ--

ބޮލީވުޑްގެ މަޝްހޫރު ދެ ފިލްމީތަރި ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރް، ސައިފްގެ 51 ވަނަ އުފަންދުވަސް ފާހަގަ ކުރާނީ ރާއްޖޭގައި ކަމަށް ބޮލީވުޑްގެ ނޫހަކުން ރިޕޯޓް ކޮށްފިއެވެ.

އެ ނޫހުގައި މިއަދު ޝާއިރު ކޮށްފައިވާގޮތުން ކަރީނާ އާއި ސައިފް ރާއްޖެ އަންނަން ދަތުރު ފަށައިފާވާއިރު އެ މީހުންނާއެކު ދެން ރާއްޖެ އަންނާނީ އެ ދެމީހުންގެ ދެ ދަރިފުޅު ތައިމޫރު އަދި ޖޭހް އެކަންޏެވެ.

ރާއްޖޭގައި ސައިފްގެ އުފަންދުވަސް ފާހަގަ ކުރަން ކަރީނާ ނިންމީ ހިތް ހަމަޖެހިލައިގެން ވިހާވެސް އާދައިގެ ގޮތަކަށް ފާހަގަ ކުރަން ކަމަށް މީޑިއާތަކުން ބުނެއެވެ.

މީޑީއާއިން ރިޕޯޓްކުރާ ގޮތުގައި ސައިފް ހުރީ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެ އާއިލާއާއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލައި "ބްރޭކެއް" ބޭނުންވެފައެވެ.

ސައިފް އާއި ކަރީން އަދި ދެ ދަރިފުޅުގެ އިތުރުން އިތުރު މީހަކު ސައިފްގެ އުފަންދުވަހުސް ފާހަގަ ކުރުމުގައި ބައިވެރި ނުވާނެ ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ. މި ގޮތަށް ނިންމީ ސައިފްގެ އެދުމުގެ މަތިން ހަމައެކަނި އާއިލާއާ އެއްކޮށް އޭނާގެ އުފަން ދުވަސް ފާހަގަ ކުރަން ބޭނުންވާތީއެވެ.

ރާއްޖޭގެ ރިސޯޓެއްގައި ސައިފްގެ އުފަން ދުވަސް ފާހަގަ ކުރަން ނިންމާފައިވާއިރު އެއީ ކޮން ރިސޯޓެއްކަމެއް ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް ސައިފް އާއި ކަރީނާ ތިބީ ރާއްޖެ އާދެވޭތީ ވަރަށް އުފަލުންނެވެ. މިއީ އެ ދެމީހުންގެ އެންމެ ކުޑަ ދަރިފުޅު ޖޭހް އާއިލާއާ އެއްކޮށް ގައުމުން ބޭރަށް އަންނަ ފުރަތަމަ ފަހަރެވެ.

ސައިފް ދެން އެންމެ އަވަހަށް ބޮލީވުޑްއިން ފެނިގެން ދާނީ ޕްރާބާސް އަދި ކްރިތި ސެނޮން އާއިއެއްކޮށް މަޖާ އަދި ބިރުވެރި ފިލްމު އަދިޕްރޫޝްއިންނެވެ.

comment ކޮމެންޓް