ޔޫޓިއުބް ޓީވީ ބޭނުންކުރާ މީހުންނަށް މިހާރު ބޭސް ޕްލޭނެއް ނެތި އިތުރު ނެޓްވޯކްތަކަށް ސަބްސްކްރައިބް ކުރެވޭނެ

ޔޫޓިއުބް ޓީވީން އާ ޚިދުމަތެއް ތައާރަފްކޮށް، އެ ޚިދުމަތުގެ ބޭސް ޕްލޭންގައި ހިމެނޭ ހުރިހާ ޗެނަލް ތަކަށް ސަބްސްކްރައިބް ނުކޮށް އެޑްއޮންސް ގަތުމުގެ ފުރުސަތު ސަބްސްކްރައިބަރުންނަށް ހުޅުވާލައިފިއެވެ. މި އާ ޕްލޭނާއެކު ޝޯޓައިމް އަދި އެޗްބީއޯ މެކްސް އިން ފެށިގެން އެންބީއޭ ލީގު ޕާސް، އެމްއެލްބީ.ޓީވީ އަދި ސްޓާޒް ފަދަ ޗެނަލްތަކުގެ އިތުރުން 20 އަށް ވުރެ ގިނަ އެޑްއޮން ޗެނަލް ސަބްސްކްރައިބަރުންނަށް ބަލައިލެވޭނެއެވެ.

މިކަމުން ކަށަވަރުކޮށްދެނީ އެ ކުންފުނިން ޔޫޓިއުބް ޗެނަލް ސްޓޯރެއް ތައާރަފްކޮށް ސްޓްރީމިންގެ އެހެން ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ދިޔުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔޫޓިއުބް ޓީވީއިން މިޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ސްލިންގް ޓީވީ، ރޯކު، އެމެޒޯން ޕްރައިމް ވީޑިއޯ އަދި އެޕަލް ޓީވީ އިން މީގެކުރިން މިފަދަ ޚިދުމަތްތައް ވަނީ ތަޢާރަފް ކޮށްފައެވެ.

އެހެންކަމުން، 85 އަށް ވުރެ ގިނަ ޗެނަލް ފޯރުކޮށްދޭ ޔޫޓިއުބް ޓީވީ ބޭސް ޕްލޭނަށް މަހަކު 64.99 ޑޮލަރު ޚަރަދު ކުރުމުގެ ބަދަލުގައި، ޗެނެލް ގަންނަ ފަރާތްތަކަށް މިހާރު ޚިޔާރުކުރެވޭ މުނިފޫހިފިލުވުމުގެ ނެޓްވޯކްތަކާއި ލައިވް ސްޕޯޓްސް އަދި އެހެނިހެން ޗެނެލްތައް އެންމެ ޕެކޭޖަކުން ބަލައިލެވޭނެއެވެ.

ކަސްޓަމަރުންނަށް ބޭނުން ވަގުތެއްގައި ނެޓްވޯކެއް އިތުރު ނުވަތަ މަދުކުރުމުގެ ފުރުޞަތު އޮތުމުގެ އިތުރުން ޔޫޓިއުބް ޓީވީ އިންޓަފޭސް އިން ފައިސާވެސް ދެއްކޭނެއެވެ. ހަމައެކަނި އެޑް-އޮން ޕްލޭނަށް ބަދަލުވުމަށް ބޭނުންނަމަ "ސެޓިންގސް" އަށް ގޮސް "މެމްބަރޝިޕް" އަށް ފަހު "މެނޭޖް" ނަގައި ބޭސް ޕްލޭން ކެންސަލް ކުރެވޭނެއެވެ. އަދި މެމްބަޝިޕްތަކަށް ވަކިވަކި ނެޓްވޯކްތައް އިތުރުކުރުމަށްބޭނުންވާނަމަ ސެޓިން ތެރޭން "މެމްބަރޝިޕްތައް އަޕްޑޭޓްކުރުން" އޮޕްޝަން ނަގާށެވެ.

އެޑޮ-އޮން ޕްލޭނަށް ބަދަލުވިޔަސް، ބޭސް ޕްލޭން ފަދައިން ސަބްސްކްރައިބަރުންނަށް އަންލިމިޓެޑް ޑީވީއާރު އާއި އެއްފަހަރާ ތިން ސްޓްރީމް އަދި ގޭބިސީގެ ހަ އެކައުންޓަށް ވަދެވޭނެއެވެ.

ތިރީގައި އެވަނީ ސަބްސްކްރައިބަރުންނަށް އެޑް-އޮން މެދުވެރިކޮށް ނެގޭނެ ޗެނަލްތަކުގެ ލިސްޓެކެވެ.

  • އެޗްބީއޯ މެކްސް
  • ޝޯޓައިމް
  • ސްޓާޒް
  • އެމްއެލްބީ.ޓީވީ
  • އެންބީއޭ ލީގު ޕާސް
  • ސިނަމެކްސް
  • އެޕިކްސް
  • ހޯލްމާކް މޫވީ ނަވް
  • އެކޯން
  • ކިއުރިއޮސިޓީސްޓްރީމް
  • އައުޓްސައިޑް ޓީވީ ފީޗާސް
  • އޯއެލްބީއެލްކޭ
  • ޝުޑަރ
  • ސަންޑޭންސް ނޯ
  • އައިއެފްސީ ފިލްމްސް އަންލިމިޓެޑް
  • ޑޯވް ޗެނަލް
  • ކޮންޓީވީ
  • ޑޮކުރަމާ
  • ލޯ އެންޑް ކްރައިމް
  • ވީއެސްއައިއެން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު