ތަކަންދޫގެ އެކްޓިވް ކޭސްތައް 35އަށް އަރައިފި

ހއ. ތަކަންދޫ. -- ފޮޓޯ/ވިޝާހް އިބްރާހިމް

ހއ. ތަކަންދޫގެ އެކްޓިވް ކޭސްގެ އަދަދު 35 އަށް އަރައިފިއެވެ.

ތަކަންދުއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންނަށް ލާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހުއެވެ.

ތަކަންދޫ ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މަރިޔަމް ޝިފާޒާ "ސަން" އަށް ވިދާޅުވީ މިހާރު އެރަށުގެ އެކްޓިވް ކޭސްތައް ހުރީ 35 ގައި ކަމަށާއި އަދިވެސް ރަށުތެރެއިން ރޭންޑަމް ސާމްޕަލްތައް ނަގަމުންދާ ކަމަށެވެ.

ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި އެކަނިވެސް 47 މީހުން މިވަގުތު ކަރަންޓީނުގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއްވެސް މީހެއްގެ ހާލު ސީރިއަސްނުވާ ކަމަށާއި، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ އެއްވެސް މީހެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ތަކަންދުއިން މިދިޔަ މަހު އެންމެ ފުރަތަމަ ޕޮޒިޓިވްވި ފަރާތަކީ ރަށުން ބޭރަށް ދަތުރުކުރި ފަރާތެއް ނޫނެވެ.

ބަލި ފެތުރެން ދިމާވި ސަބަބު ސީދާ ނޭނގުނު ނަމަވެސް އެ އަތޮޅު ދިއްދޫ މޮނީޓަރިންގެ ހާލަތު އުވާލުމާއެކު އަދި އީދު ބަންދާ ދިމާކޮށް މާލޭ ސަރަހައްދުން ގިނަ ބަޔަކު ތަކަންދުއަށް ދަތުރުކޮށްފައިވާ ކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

comment ކޮމެންޓް